ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ނުފައިބައިފި ނަމަ ރާއްޖޭގެ ޑިމޮކްރަސީއަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ރައީސް ކަމާ ހަވާލުވި ފަހުން އިންޑިއާގެ ނޫހަކަށް ދެއްވި ފުރަތަމަ އިންޓަވިއުގަ އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާ އަށް ދެއްވި އިންޓަވިއުގައި ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ރައްޔިތުން ވަނީ ގޮތް ނިންމާފައި ކަމަށެވެ. ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ނުރުހޭ ކަމަށް ކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން އަތްލި ކޮންމެ އެއްޗެއް ވަނީ ރަނަށް ހަދާފައި: އައްބާސް

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އޮފީހުގައި ބޭއްވި ޖަލްސާގައި އައްބާސް ވިދާޅުވީ މާލެ ސިޓީ އަށް ބެލި ކަމުގައި ވިޔަސް، ރައީސް ޔާމީންގެ ދުރު ވިސްނޭ ބުއްދި ހުރި ބޭފުޅެއް ކަމަށެވެ. އޭނާ އެ ފާހަގަ ކުރެއްވީ ރައީސް ޔާމީންގެ ޒާއާމަތުގަ އާއި އޭގެ ކުރިން އެސްޓީއޯ ހިންގެވުމާ ހަވާލުވެ ހުންނެވި އިރު، މާލެ އަށް ގެންނެވި ތަރައްގީއަށެވެ.

ބިން ހިއްކުމަށް ވެލި ނަގާތީ އެންވެރިކަން ހަލާކުވެއްޖެ

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކަންނެލި މަސްވެރިން އެންމެ ރަނގަޅަށް އެންވެރިކަން ކުރަމުން އަންނަ އިހުރު ވައްބިންފަރު ކައިރިން، ބިން ހިއްކުމަށް ކޮންމެ ދުވަހަކު ބޭނުންކުރާ އުޅަނދު މަހާޖައްރާފު ވެލިނަގަމުން ދާތީ އެންވެރިކަން ހަލާކުވެއްޖެ ކަމަށެވެ.

ފުނަދޫގައި ތެޔޮ ރައްކާކުރުން ހުއްޓާލައި، ސީޕްލޭން ޓާމިނަލް އެރަށަށް ބަދަލުކުރަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހި އިފްތިތާހު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތިގައި ރައީސް ވިދާޅުވީ ފުނަދޫގައި ތެޔޮ ރައްކާކުރުން މި އަހަރު ހުއްޓާލާނެ ކަމަށެވެ. އަދި އެންމެ ލަސްވެގެން ވެސް ކުރިއަށް އޮތް ދެ އަހަރު ތެރޭ އެ މަސައްކަތް ނިންމާލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ

ޑރ. އަދީލް އެޑިއުކޭޝަންގެ ސްޓޭޓަކަށް، ޓޫރިޒަމްގެ ސްޓޭޓަކަށް ހާރިސް

އެ ދެ ބޭފުޅުންނަށް ސްޓޭޓް މިނިސްޓަރުކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވިކަން ރައީސް އޮފީހުގެ ވެބްސައިޓްގައި ރޭ ވަނީ ހިއްސާކޮށްފަ އެވެ.

މާލޭގެ ހުރިހާ މަގެއް ހަދަން 100 މިލިއަނެއްހާ ޑޮލަރު ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ: ވަޒީރު

ކޮންސްޓްރަކްޝަން މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބް ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދަކީ މާލޭގެ ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުން ކަމަށެވެ. އެގޮތުން މާލޭގެ މަގުތައް ހަދާނީ ފެނާއި ނަރުދަމާގެ ނިޒާމާއި ކަރަންޓު އަޕްގްރޭޑް ކުރުމާއި ސްޓޯމް ވޯޓާ ނިޒާމާއި ފަޔާ ހައިޑްރަންޓްގެ ނިޒާމާ އެކުގައި ކަމަށެވެ.