ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް އަވަށްޓެރި އިންޑިއާއިން ބޮޑު ކެމްޕެއިނެއް ފަށައިފި އެވެ.
ރާއްޖެއާ ދެކޮޅަށް އިންޑިއާއިން ކެމްޕޭނެއް ފަށާފައިމިވަނީ އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ހިމެނޭ ލަކްޝަޑްވީޕް ޕްރޮމޯޓު ކުރުމުގެ ނަމުގައި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެކްސްގައި ކުރެއްވި ޕޯސްޓަށް ފަހު އެވެ.
ލަކްޝަޑްވީޕް އަކީ އަރަބި ކަނޑާއި ލަކާޑައިވް ކަނޑުގެ ހުޅަނގުގެ މެދުގައި އޮންނަ ޖަޒީރާ ރަށްތަކެކެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މި ހަފްތާގައި ލަކްޝަޑްވީޕްއަށް ވަޑައިގެން އެތަނުގެ ރީތީ ކަމާއި ހިތްގައިމުކަމަށް ތައުރީފު ކުރައްވައި އެކްސްގައި ފޮޓޯތަކެއް އާންމުކުރައްވައިފަ އެވެ. އެތަނުގައި ސްނޯކަލް ކުރައްވައި، ގޮނޑުދޮށުގައި ހިންގަވާ ފޮޓޯތަކާއެކު، އެ މަނިކުފާނު ވަނީ އެތަނަށް ޒިޔާރަތްކުރުމަށް އިންޑިއާގެ ރައްޔިތުންނަށް ގޮވާލައްވާފަ އެވެ.
މިއާއެކު އިންޑިއާގައި ވަނީ ރާއްޖެއަށް ޗުއްޓީއަށް ނުދިޔުމަށް ގޮވާލާ ކެމްޕޭނެއް ފަށާފަ އެވެ.
ބައެއް ފަރާތްތަކުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މޯދީ ރާއްޖެއަށް ދެއްވި ނުސީދާ އިންޒާރެއް ކަމަށެވެ.
"ދިވެހިރާއްޖެ" ނޫން ގޮތެއް ކަމަށާއި ޗައިނާގެ ޕަޕެޓް ސަރުކާރުން ހިންގާ ރާއްޖެއަށް ނުގޮސް ޗުއްޓީ ހޭދަކުރަންވީ ލަކްޝަދީބުގައި ކަމަށް ބައެއް މީހުންވަނީ ބުނެފަ އެވެ.
އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވެއްޖެ ނަމަ ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށްވެސް އިންޑިއާގެ ބައެއް މީހުން އަންނަނީ ބުނަމުންނެވެ.
އިންޑިއާ ސަރަހައްދުން ލަކްޝަދީބުގެ ގޫގުލް ސާޗް 'ސަކައިރޮކެޓް' ވެގެންދިޔަ ކަމަށް އެގައުމުގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
ބައެއް ދިވެހިން ވެސް އިންޑިއާ މީހުންނަށް ރައްދު ދެމުން އެބަ ގެންދެ އެވެ. އެގޮތުން ބައެއް މީހުން ބުނީ އިންޑިއާގެ އެއްވެސް އެހީތެރިކަމެއް ރާއްޖެއިން ބޭނުން ނުވާ ކަމަށެވެ. އަދި އިންޑިއާގެ ފަތުރުވެރިން ރާއްޖެ ނަޔަސް ހެޔޮކަމަށް ވެސް އަނެއް ބަޔަކު ބުނެ އެވެ.
އަދި ބައެއް ދިވެހިން ދަނީ އިންޑިއާ މީހުންގެ ދިފާއުގައިވެސް ވާހަކަ ދައްކަވަމުންނެވެ. މިއީ ޕީޕީއެމް/ޕީއެންސީއިން ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތުގެ ނަތީޖާ ކަމަށްވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ރާއްޖެ އިން އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ހިންގި 'އިންޑިއާ އައުޓް' ކެމްޕޭނުގެ ސަބަބުން ރާއްޖެއަކީ އިންޑިއާއާ ދެކޮޅު ގައުމެއްގެ ގޮތުގައި އިންޑިއާގެ ބައެއް މީހުން ގަބޫލުކުރެ އެވެ.
މިދިއަ އަހަރު ރާއްޖެއަށް އައި އިންޑިއާގެ ޓޫރިސްޓުންގެ އަދަދު 200،000 އަށް ވުރެ ގިނަ އެވެ. މިހާރުގެ އެއްވަނަ މާކެޓަކީ ވެސް އިންޑިއާ އެވެ. އިންޑިއާގެ ފިލްމީ ތަރިންގެ ވަރަށް ބޮޑު ލޯތްބެއް ވެސް ރާއްޖެއަށް އޮތީ ލިބިފަ އެވެ.
މޮދީ މެން އިންޑިއާގެ އިގްތިސާދު ކުރިއަރުވަން އެމެން އެކުރާ މަސައްކަތް މިގައުމުގެ ވެރިން ކުރާނަމަ ޔަގީން މިގައުމުގެ އިގްތިސާދު ކުރިއަރައިގެންދާނެއޭ އިބޫ ބެލީ އެއީ އިންޑިއާ އާއި ގުޅިގެން މިގައުމު ތަރައްގީ ކުރެވޭނެ ކަމަށޭ އަދު އެއީ ދެއުއިޅި އެއްނުވާ ސިޔާސަތު ކަން އިނގެއޭ ރާއްޖޭގެ އިގްތިސާދަކީ ވަކި ގައުމަކަށް ބަރޯސާ ވާން ޖެހޭނެ ގައުމެއް ނޫނޭ އެންމެ މުއްސަނދި އޭޝިއާގެ ހުރިހާ ގައުމު ތަކާއި ގުޅިގެން މާލެ ސަރަހައްދުގައި އިންޑަސްޓްރިއަލް ޕާރކްސް ތައް ތަރައްގީކުރާށޭ...