ދިވެހި ސަރުކާރުން ރާއްޖޭގައި ކުރަން ރާވާފައި ހުރި ބޮޑެތި މަޝްރޫއުތައް ހިންގައި ދިނުމަށް އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާގެ ކުންފުނިތަކުގެ ވެރިންނަށް އިއްޔެ އާދޭސް ކުރައްވައިފި އެވެ.
ރައީސް މުއިއްޒު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ފުޖިއާން ޕްރޮވިންސްގައި ބޭއްވި ރާއްޖޭގެ ބިޒްނަސް ފޯރަމް ފައްޓަވައި ދެއްވުމަށް ފަހު، އެމަނިކުފާނު ވިދާޅުވީ ތަރައްގީގެ ގޮތުން ބަލާ ނަމަ، ޗައިނާއަކީ ރާއްޖޭގެ އެންމެ ބޮޑު ބައިވެރިޔާ ކަމަށެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު 1972 ވަނަ އަހަރުން ފެށިގެން ގުޅުން ބާއްވަމުން އަންނަ އިރު، ޗައިނާއަކީ ރާއްޖޭގެ ގާތް ރަހްމަތްތެރިއެއްގެ އިތުރުން ރާއްޖޭގެ އިގްތިސާދީ މުހިންމު ބައިވެރިއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ
އާޒިމާއަށް ޕީޕީއެމް، ޕީއެންސީ ފެނުނީ ރިޔާސީ އިންތިހާބު ކާމިޔާބުވުމުން: ޑރ. ޖަމީލް
އިއްޔެ ކުރެއްވި ޓްވީޓެއްގައި ޑރ. ޖަމީލް ވިދާޅުވީ ޕީޕީއެމްގެ މެމްބަރުންނަށް ދިމާވި އެންމެ އުނދަގޫ ވަގުތަކީ ފާއިތުވި ފަސް އަހަރު ކަމަށެވެ. ނަމަވެސް އޭރު އާޒިމާ އެ ޕާޓީގައި ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އާބަންކޯގެ ޑެޕިއުޓީ ޑިރެކްޓަރަކަށް އިސޫ
އިސޫ އައްޔަންކޮށްފައި ވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އޮޕަރޭޝަންސް ޑެޕިއުޓީ ޑިރެކްޓަރެއްގެ މަގާމަށެވެ.
ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން ފީ ނަގަން ނިންމި ނިންމުން ބާތިލްކޮށްފި
ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން ފައިސާ ނަގަން ނިންމީ ތިނަދޫގައި ސިޓީއަކަށް ބޭނުންވާ އާބާދީ ހަމަނުވެދާނެތީ ރަށްވެހިކަން ބަދަލުކުރުން ހުއްޓުވުމުގެ ގޮތުންނެވެ.
އިއްޔެ ބޭއްވި އެޖްލީއޭގެ ބޯޑު ބައްދަލުވުމުން ވަނީ ތިނަދޫ ކައުންސިލްގެ ނިންމުމަކީ ގާނޫނު އަސާސީއާ ހިލާފު ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅާފަ އެވެ.
ހޯމް ލޭންޑް މިނިސްޓްރީގައި 15 މިނިސްޓަރުގެ ނައިބުން
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީއަށް 15 ބޭފުޅަކު އައްޔަންކުރިއިރު، މި ސަރުކާރުގެ 22 މިނިސްޓްރީއަކަށް މިނިސްޓަރުންގެ ނައިބުންގެ ގޮތުގައި 130 އަށް ވުރެ ގިނަ މީހުން އައްޔަންކޮށްފައިވެ އެވެ.
ފަޒުލް، އާބަންކޯގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރީ މިނިސްޓަރު ފެންވަރުގައި
މިއީ ކުރިން މިނިސްޓަރުކަން ނުކުރައްވާ ބޭފުޅަކު ސަރުކާރުގެ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިނިސްޓަރުންގެ ފެންވަރުގައި އައްޔަން ކުރެއްވި ފުރަތަމަ ފަހަރެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި، ސިޔާސީ މަގާމުތަކުގެ ތެރޭގައި މިނިސްޓަރު ފެންވަރުގެ ބޭފުޅުންގެ ލިސްޓުގައި ފަޒުލް ވަނީ ހިމަނައިފަ އެވެ. އޭނާ އެ ލިސްޓުގައި ހިމަނާފައި ވަނީ ވަރަށް ފަހުން ކަމަށްވެ އެވެ.