އުއްމީދާ އެކު ރައްޔިތުން އިންތިހާބު ކުރި ސަރުކާރުން ރައްޔިތުން މާޔޫސްކޮށްފި ކަމަށާއި ސަރުކާރަށް ވަގުތު ދީގެން ތިބެވެން ނެތް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރައީސް ސޯލިހު މިފަދައިން ވިދާޅުވީ މާލޭ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އާދަމް އާޒިމްގެ ކެމްޕޭނު ނިންމުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުނެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ފަށާފައިވާ މަޝްރޫއުތަކުގެ ތެރެއިން 70 ނުވަތަ 80 ޕަސެންޓް މަސައްކަތް މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އެމްޑީޕީ އަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން އޮތް އެންމެ ބޮޑު ޕާޓީ ކަމަށްވާއިރު އެ ޕާޓީން ވެސް މިކަން މިގޮތަށް ހިނގާތަން ބަލަން ތިބެގެން ނުވާނެ ކަމަށް ސޯލިހު ވިދާޅުވި އެވެ.

ރަސްމާލޭގައި 30،000 ހައުސިން ޔުނިޓް އަޅައިދޭން ޗައިނާއިން އެހީ ދެނީ

ޗައިނާއާ އެކު ގާއިމްކުރި އެއްބަސްވުންތަކުގެ ތެރޭގައި ރަސްމާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ގެންދިޔުމުގެ އިތުރުން އެތަނުގައި އަސާސީ އެހެނިހެން ހިދުމަތްތައް ގާއިމްކުރުމާއި ގުޅޭ އެއްބަސްވުންތައް ހިމެނެ އެވެ. މިގޮތުން އެހެނިހެން އުމްރާނީ ވަސީލަތްތަކާއި ފެނާއި ނަރުދަމާގެ ހިދުމަތާއި މަގުތައް ތަރައްގީކުރުން އޭގެ ތެރޭގައި ހިމެނެ އެވެ.

އާޒިމާއަށް ކުރި ޖިނާއީ ދައުވާތަކަށް ފަސް އަހަރު، ޝަރީއަތް ފަށާނެ ދުވަހެއް ވެސް ނޭނގެ

މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދައުވާ އާއި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އުފުލައި އާޒިމާގެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނީ 17 ފެބްރުވަރީ 2019ގަ އެވެ.

އެ މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ މައްސަލައެއް ކަމަށް ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް އެ މައްސަލައިގެ ޝަރީއަތް އަދިވެސް ނުފެށެ އެވެ.

ރޯދަ މަހުގެ ފަހު ދިހައެއްގެ ދެ ދުވަހެއްގައި ބޭންކުތައް ހުޅުވާނެ: އެމްއެމްއޭ

ރާއްޖޭގެ ސެންޓްރަލް ބޭންކް، އެމްއެމްއޭ އިން އިއްޔެ ބުނީ ފަހު ދިހައެއްގައި ހިދުމަތް ދޭނީ އެޕްރީލް 1، އަދި އޭޕްރީލް 8، ގައި ކަމަށެވެ. އެއީ ރޯދަ މަހުގެ 22 އަދި 29 ވާ ހޯމަ ދުވަހެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރަން މިމަހު 30 ގައި ހުޅުވާލަނީ

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވާދަކުރަން މިމަހުގެ 30 އިން ފެބްރުއަރީ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާނެ ކަމަށެވެ.

ގެދޮރުވެރިޔާ ފްލެޓުތައް ހަވާލުކުރަން ފަށާ ވާހަކައަކީ ދޮގެއް: ހައުސިން

ހައުސިން މިނިސްޓްރީން ބުނީ މާލެ ސަރަހައްދުން ފްލެޓް ދޫކުރުމަށް ސަރުކާރުން ހިންގާ "ގެދޮރުވެރިޔާ ސްކީމް" ގެ ދަށުން، ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށް މި މިނިސްޓްރީން ބުނެފައިވާ ކަމަށް ބުނެ މީޑިއާ އަދި ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވާހަކަތަކަކީ ސައްހަ ވާހަކަތަކެއް ނޫން ކަމަށެވެ.