ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މާޗް މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ފައިބަން ދިވެހި ސަރުކާރުން އިއްޔެ އަންގައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ރައީސް މުހައްމަދު މުއިއްޒު ރައީސްކަމުގެ ހުވާކުރެއްވި ފުރަތަމަ ދުވަހުން ފެށިގެން ބާރަށް ކުރިއަށްގެންދާ ކަމަށެވެ.

އެގޮތުން އެކަމާ ގުޅިގެން 12 ބައްދަލުވުމެއް ވަނީ ބާއްވާފަ އެވެ. އިއްޔެ ބޭއްވި ބައްދަލުވުމުގައި 15 މާޗުގެ ކުރިން އިންޑިއާ ސިފައިން މި ގައުމުން ބާލަން ހުށަހަޅުއްވާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

މިކަމާއި ގުޅޭ ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމުގެ މަސައްކަތް "ފާސްޓް ޓްރެކް" ގައި ކުރިއަށް ގެންދަން އެ ގައުމުން އެއްބަސްވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ ދުބާއީގައި ބޭއްވެވި ބައްދަލުވުމުގައި އެއްބަސްވެވަޑައިގެންނެވި ގޮތަށް އުފައްދާފައިވާ "ހައި ލެވެލް ކޮމިޓީ" ގެ އިއްޔެގެ ބައްދަލުވުމަށް ފަހު ކަމަށެވެ.

މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ ފަހެއްގައި

މަޖިލީހުގެ ކޮމިޔުނިކޭޝަން ޑިރެކްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ފެބްރުއަރީ ފަހެއް ވާ ހޯމަ ދުވަހުގެ 9:00 ގައި މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ނިންމަވާފައިވާ ކަމަށެވެ.

މަސައްކަތް ނުކުރެވުނު ކަމަށް ބުނެ، އިންތިހާބުންވީ ބަލި އާޒިމާ "ބޮލަށް" ޖަހައިފި

ޕީއެންސީ އޮފީހުގައި ކުއްލި ގޮތަކަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި އަބްދުއްރަހީމް ފުރަތަމަ ވިދާޅުވީ މާލޭގެ މޭޔަރު ހޮވުމަށް ބޭއްވި ބައި އިލެކްޝަންގައި ވެރިކަން ކުރާ ޕީއެންސީން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމުން އެކަމަށް މާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ނުކުރެވުނީ އެކަށީގެންވާ މަސައްކަތެއް ނުކުރެވުނީމަ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޖަނަރޭޓަރެއް ހަލާކުވެ ފުވައްމުލަކުން ކަރަންޓު ކަނޑަނީ، މައްސަލައަށް ހައްލެއް ނުހޯދޭ

ފެނަކަ ކޯޕަރޭޝަންގެ ފުވައްމުލަކު ބްރާންޗުން މިމަހުގެ 11 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ކަރަންޓު ހިދުމަތް ދޭން ބޭނުންކުރާ އެއް ޖަނަރޭޓަރު ސެޓް ހަލާކުވެ، ލޯޑުމަތިވުމުން އެ ރަށުގެ އެކި ސަރަހައްދުތަކުން ކޮންމެ ދުވަހަކު އެއް ގަޑިރަށް ކަރަންޓު ކަނޑަން ޖެހިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލުވަންދެން ކޮންހެން ބޭނުންކުރަން ނުޖެހޭ ކަރަންޓު ސާމާނު މިވަގުތު ބޭނުން ނުކުރަން އެ ބްރާންޗުން އެދިފައިވެ އެވެ.

ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ ޕާސްޕޯޓަކަށް ދިވެހި ޕާސްޕޯޓް!

2024 ވަނަ އަހަރުގެ ހެންލީ ޕާސްޕޯޓް ރޭންކިން ލިސްޓުގައި ދިވެހި ޕާސްޕޯޓު ހިމެނިފައިވަނީ 58 ވަނަ ދަރަޖައިގަ އެވެ. މިއީ މިދިޔަ އަހަރަށްވުރެ ތިން ދަރަޖައިގެ މަތިވުމެކެވެ.

ޕީއެންސީގެ ޕްރައިމަރީގައި ބައެއް ކެންޑިޑޭޓުންނަށް ވޯޓުދިނުމަށް އަދުރޭ އަންގަނީ

"ހުރިހާ"އާ ވާހަކަ ދެއްކެވި ޕީއެންސީގެ އޮފިޝަލަކު ވިދާޅުވީ ބައެއް ރަށްތަކުގެ ޕީއެންސީގެ ބޭފުޅުންނަށް ގުޅައި އަދުރޭ ތާއީދު ކުރައްވާ ކެންޑިޑޭޓަކަށް ވޯޓުދިނުމަށް އޭނާ އަންގަމުންދާ ކަމަށެވެ.

އަޅުގަނޑު ވާނީ އެންމެންގެ މޭޔަރަކަށް، ތަފާތެއް ނުކުރާނަން: އާޒިމް

އާޒިމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ ސިޓީގެ މޭޔަރު ކަމަށް އޭނާ އަށް އިތުބާރު ކުރައްވައި އިންތިހާބު ކާމިޔާބުކޮށް ދެއްވީތީ ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެއްވެސް މީހަކު ތަފާތުނުކޮށް އޭނާ ވާނީ އެންމެންގެ މޭޔަރަކަށް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.