ފުވައްމުލަކު ސިޓީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
ފުލުހުން ބުނީ ފުވައްމުލަކުގެ ބޮޑުފަންނަނު މަގުގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލެއްގެ ކޮންޓްރޯލު ނުވެގެން ގޮސް ސައިކަލާއި ދުއްވަން އިން މީހާ ފާރެއްގައި ޖެހުނު ކަމުގެ މައުލޫމާތު ލިބިފައި ވަނީ ރޭ 10:15 ހާއިރު ކަމަށެވެ.
އެ އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
އެ މީހާއަށް ލިބުނު ޒަހަމްތަކަށް ފުވައްމުލަކު ސިޓީގެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް ބޭނުންވާތީ ވަނީ މާލެ ގެނެސްފައެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ހާލު ސީރިއަސްއެވެ. އަދި އޭނާ އަށް ފަރުވާ ދެމުން އަންނަނީ ވެސް ވެންޓިލޭޓަރުގައެވެ.
މި އެކްސިޑެންޓް ހިނގި ގޮތް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
3 އަހަރަށްފަހު އެރިއާނާއާއި އީތަންގެ ލޯބީގެ ގުޅުން ނިމުމަކަށް!
ހިތުގެ ބަލިތަކުގެ އަސްލަކީ ހަމައެކަނި ކޮލެސްޓްރޯލްއެއް ނޫން!
ފެންވަރަން ރަނގަޅީ ހެނދުނުތަ؟ ނޫނީ ރޭގަނޑުތަ؟