ގަސް އިންދުމަކީ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ވަރަށް ގަޔާވެގެން ކުރާ ކަމެކެވެ. ހުސް ވަގުތުތަކުގައި ކުރަން އާދަވެފައިވާ މިކަަމަކީ ސިއްހީ ގޮތުން ވެސް ގިނަ ފައިދާތަކެއް ލިބޭ ކަމެއްކަން އެނގެނީ އަހަރެމެންގެ ތެރެއިން މަދު ބަޔަކަށެވެ.
ވިޓަމިން ޑީ ލިއްބައިދޭ
ގަސް ހައްދަން ގިނައިރު އަވީގައި އުޅެން ޖެހުމުގެ ސަބަބުން ހަށިގަނޑަށް ވިޓަމިން ޑީ ލިބެ އެވެ. ވިޓަމިން ޑީއަކީ ކަށިތަކުގެ ސިއްހަތު ރަނގަޅުވެ، ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަ ކޮށްދޭ މާއްދާ އެކެވެ.
ސްޓްރެސް ދަށްކޮށްދޭ
ގަސް ހެއްދުމަކީ ތިބާގެ ސިކުނޑި އެކަމުގައި ޝާމިލްވާން ފެށުމުން އިތުރު ކަންކަމާ ފިކުރު ބޮޑުވެ ކަންބޮޑުވުން ކުޑަ ކޮށްދޭ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ގަސް ހައްދާ މީހުންގެ ނަފްސާނީ ދުޔަހެޔޮކަން އިތުރުވެ އެވެ.
މަސްތަކުގެ ބާރު ގަދަ ކޮށްދޭ
ގަސް ހެއްދުމުގައި އުޅެން ޖެހޭ ގޮތުގެ ސަބަބުން އަތުގެ މަސްތަކުގެ ބާރުގަދަވެ، މީހާގެ ޖިސްމާނީ ބުންވަރު ރަނގަޅުވެ އެވެ. އެހެން ކަމުން ގަސް ހެއްދުމަކީ ހަށިގަނޑުގެ ޖިސްމާނީ ސިއްހަތު ރަނގަޅުކޮށްދޭ ކަމެއްގެ ގޮތުގައި ފާހަގަވެ އެވެ.
ގަސް އިންދުމުގައި ގިނަ ސިއްހީ ފައިދާތަކެއް ހުރުމަކީ އަހަރުމެންގެ ތެރެއިން އެކަން ކުރާ މީހުންނަށް ލިބޭނެ ހިތްވަރެކެވެ.