ރާއްޖޭގައި ގަވާއިދާއި ހިލާފަށް ގާއިމުވެ ތިބި އިންޑިއާގެ ސިފައިން މިގައުމުން ބާލަން ރައީސް މުހައްމަދު މުއިއްޒު ބޭނުންނުވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ އެމަނިކުފާނު އަލަށް އުފައްދަވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ފްރަންޓް އޮފީހުގައި އެޕާޓީގެ ފަރާތުން މަޖިލީހުގައި ވާދަކުރައްވާ ކެންޑިޑޭޓުން ތައާރަފުކުރަން ބޭއްވި ޖަލްސާގައި ވާހަކަ ދެއްކެވި މެމްބަރަކާއި ކުރެއްވި ސުވާލެއްގައި އެވެ.
ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އޭރު ވަކާލާތު ކުރި ބަޔަކު ވެރިކަމާއި ހަވާޅުވުމަށްފަހު ސިފައިން ރާއްޖެއިން ބާލަން މަސައްކަތް ކުރާތަން ފެނިގެން ނުދާ ކަމަށެވެ. އިންޑީއާ އައުޓް ކެމްޕެއިން ގެންދިޔަ އިރު އެ ޤައުމުން ރައްޔިތުންވެސް މި ގައުމުގައި އިންޑިއާ ސިފައިން ތިބެގެން ނުވާނެކަންވެސް ބަލައިގެންކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވުމަށް ކުރީގެ ރައީސސޯލިހު ނެރުއްވި ގަރާރު ބާތިލުނުކުރާނެ ކަމަށް ރައްޔިތުން މަޖލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ދެއްކެވި ވާހަކަތަކާއި ގުޅުވާ ރައީސް ޔާމީން ވިދަޅުވީ ރައީސް މުއިއްޒު މިގައުމުން އިންޑީއާ ސިފައިން ބާލާން ބޭނުންނުވާކަމަށެވެ.
" ދެން ގާސިމް މި ދެއްވަނީ ތަރުޖަމާއެއް، މުއިއްޒު ގަރާރު ބާތިލެއް ނުވެސް ކުރެއްވިއޭ ނުވެސް ކުރައްވާނެއޭ، އެހެންވީމަ މުއިއްޒު ބޭނުންމެއް ނުވޭ އިންޑިއާ ސިފައިން މިތަނުން ބާލާކަށެއް. އަޅުގަނަޑުމެންނަށް ގާސިމް މި ފެންނަނީ މުއިއްޒުގެ ވަރަށް އިސް މުޝީރެއްގެ ގޮތުގައި." ރައީސް ޔާމީން ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި ގަވާއިދާއި ހިލާފަށް ގާއިމުވެ ތިބި އިންޑިއާގެ ސިފައިންނަކީ ރައީސް ސޯލިހު ދައުވަތު ދެއްވައިގެން އައިސް ތިބި ބައެއް ކަމަށެވެ. ރައީސް ޔާމީން މިފަދައިން ވިދާޅުވިއިރު އްޖެ އާއި އިންޑިއާ ދެމެދު އޮތް ގުޅުމުގައި "ހުޅުގަނޑެއް" ރޯކުރީ ކުރީ ކުރީގެ ރައީސް ޔާމީން ގާސިމް ވަނީ ވިދާޅުވެފަ އެވެ.