މިފަހަރު މިއޮތީ ކުކުޅުގެ ބާވަތްތަކަށް ލޯބިކުރާ ފަރާތްތަކަށް ކަމުދާނެ ޑިޝް އެކެވެ. އަނގައަށް މީރު، ހަދާލަން ފަސޭހަ މި ޑިޝް އަކީ ތިޔަބޭފުޅުންގެ ސުފުރާ އިތުރަށް ފުރިހަމަ ކޮށްދޭނެ ޑިޝްއެކެވެ.

ބޭނުންވާ ތަކެތި

  • 500 ގްރާމް ކުކުޅު ފައި
  • 3 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
  • 3 މޭޒުމަތީ ސަމުސާ އެކްސްޓްރާ ވާޖިން އޮލިވް އޮއިލް
  • 4 ލޮނުމެދު (ޗިސްކޮށްފައި)
  • 1 ލުނބޯގެ ހުތް
  • ލޮނު ( ރަހަލާވަރަށް )
  • 1 ސައިސަމުސާ މުގުރި އަސޭމިރުސް
  • 1 ސައި ސަމުސާ މުގުރި މިރުސް

ތައްޔާރުކުރާނެ ގޮތް

  1. ބޮޑު ތަށްޓެއްގައި ސޯޔާސޯސް، ތެޔޮ، ލޮންމެދު އަދި ލުނބޯހުތް އެއްކޮށްލާފައި ލޮނު، މުގުރި އަސޭމިރުސް އަދި މުގުރި މިރުސް އަޅާލުމަށްފަހު އެއްކޮށްލާށެވެ.ކުކުޅު ތަކުގައި ޕޭސްޓު ރަނގަޅަށް އުނގުޅާލުމަށްފަހު އެއްރޭ ވަންދެން އައިޔް އަލަމާރީގައި މެރިނޭޓް ކޮށްލާށެވެ.
  2. 450 ޑިގްރ އަށް އަވަން ހޫނު ޕްރީ ހީޓް ކުރާށެވެ. އެއަށްފަހު ޓްރޭ އެއްގައި ކުކުޅުތައް އަތުރާލުމަށްފަހު 165 ޑިގްރީ ގައި 20 މިނެޓު ވަންދެން ފިހާށެވެ. ދޭތެރެ ދޭތެރެއިން ކުކުޅުތައް ފުށުން ޖަހާލަން ވާނެ އެވެ.

ކައިރިއަށް މަޑު ރަންކުލައެއް އެރުމުން އަހަރުމެންގެ ޑިޝް ތައްޔާރުވީ އެވެ. ރޮށި ނުވަތަ ބަތާއެކު މި ޑިޝް އިންސާފުކޮށް ރޯދަ ސުފުރާ އިތުރަށް ފުރިހަމަ ކޮށްލާށެވެ.