"ކޮރެއަން ފުޑް"އަކީ މިހާރަކަށް އައިސް ދިވެހިންގެ މެދުގައި ވެސް މަގުބޫލު ވަމުން އަންނަ ކެއުންތަކެކެވެ. އެހެން ކަމުން މިފަހަރު މި ގެނެސްދެނީ ކޮރެއަން ފުޑް އަށް ލޯބިކުރާ ފަރާތްތަކަށް ހަމަ ގައިމުވެސް ކަމުދާނެ ކެއުމެކެވެ.

ބޭނުންވާ ތަކެތި

  • 1 މޭޒުމަތީ ސަމުސާ ވެޖިޓަބަލް އޮއިލް
  • 500 ގްރާމް ގްރައުންޑް ބީފް
  • 1 މޭޒުމަތީ ސަމުސާ އިނގުރު (ގާނާފައި)
  • 3 ލޮނުމެދު (ޗިސްކޮށްފައި)
  • 3 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
  • 2 މޭޒުމަތީ ސަމުސާ ސެސަމީ އޮއިލް
  • 2 މޭޒުމަތީ ސަމުސާ އަގާވޭ ސިރަޕް (ނުވަތަ ބޭނުން ސްވީޓްނާ އެއް)
  • ލޮނު (ރަހަލާ ވަރަށް)
  • މުގުރި އަސޭމިރުސް (ރަހަލާވަރަށް)

ތައްޔާރު ކުރާނެ ގޮތް

  1. ބޮޑު ތެއްޔެއްގައި ތެޔޮ ހޫނުކުރުމަށްފަހު ގްރައުންޑް ބީފް 2 އިންޗި ބޮޑުމިނުގައި ގުޅަޖަހާފައި ތެލުގެ ތެރޭގައި އަތުރާލާށެވެ. މުށިކުލަ އަރާ މުރަނަ ވުމުން ގުޅަތައް ފުށުން ޖަހާލާށެވެ. ގުޅަތައް މުރަނަ ވުމުން ދޭފަތް ބޭނުންކޮށްގެން ބީފް ކޮޅު ކުދިކުދި ކޮށްލުމަށްފަހު ފިޔާތޮށިކުލަ ފިލަންދެން ކައްކާށެވެ.
  2. ލޮނުމެދާއި އިނގުރު އެއްކުރުމަށްފަހު ރަނގަޅަށް އިތުރު ދެ މިނެޓު ވަންދެން ހާކާލާށެވެ.
  3. ސޯޔާ ސޯސް އާއި އަގާވޭ ސިރަޕް އެޅުމަށްފަހު ފަސްވަރަކަށް މިނެޓު ވަންދެން ރަނގަޅަށް އެއްކުރާށެވެ.
  4. ތެލި އުނދުންމަތިން ބޭލުމަށްފަހު ސެސިމީ އޮއިލް ، ލޮނު އަދި މުގުރި އަސޭމިރުސް އަޅާ އެއްކޮށްލާށެވެ.

މިއީ ރޮށި ނުވަތަ ބަތާއެކު އިންސާފު ކުރަންވެސް ރަނގަޅުވާނެ ކެއުމެކެވެ. މި ކެއުމާއެކު ތިޔަ ބޭފުޅުންގެ ރޯދަ ސުފުރާ އިތުރަށް މުއްސަނދިވާނެ އެވެ.