އެކްސިޑެންޓްވުމުން ރިޕޯޓްނުކޮށް ސީން ދޫކޮށް ދިޔަ މައްސަލައަކާ ގުޅިގެން ބަޔަކު ހޯދުމުގެ މައްސަކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން ބުނެފައިވަނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ، އެކްސިޑެންޓް މައްސަލައަކާ ގުޅިގެން އެކްސިޑެންޓް ވުމުން ރިޕޯޓްނުކޮށް ސީން ދޫކޮށް ގޮސްފައިވާ މައްސަލައަކާ ގުޅިގެން ބަޔަކު ހޯދަމުންދާކަމަށެވެ.
ފުލުހުން ވަނީ އެކްސިޑެންޓްވި ސީންގެ ވީޑިއޯ ވެސް އާންމު ކޮށްފަ އެވެ. ފުލުހުން ބުނެފައިވަނީ އެ މީހުންނަކީ ކޮން ބައެއްކަން ދެނެގަނެވިފައިނުވާތީ ހޯދިފައި ނުވާކަމަށެވެ.
އެ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މައުލޫމާތެއް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފަ އެވެ.
އަޖޭގެ އާ ފިލްމާއެކު ކަޝްމީރުގައި މައްސަލަ ހޫނުވެއްޖެ
ހޫނުގަދަވެ ޖަރުމަނުގައި 5000 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
އީރާން، ރަޝިޔާ އަދި ޗައިނާގެ ވިޔަފާރީގެ މަގަކަށް މިސައިލް ހަމަލާ
