ރޯދަ މަލާފަތުގެ މިއަދުގެ ބައިގައި މި ގެނެސްދެނީ ރޯދަ ވީއްލާ ގަޑިއަށް ހަދާލަން ކަމުދާނެ ފޮނި ބާވަތެކެވެ. ހަދާލަން ފަސޭހަ މި ކެއުމަކީ ރަހަ ވެސް މީރު ކެއުމެކެވެ.

ބޭނުންވާނެ ތަކެތި

  • 50 ގްރާމް ސްޓާޗް ނުވަތަ ޒުވާރި ފުށް
  • 50 ގްރާމް ކޮކޯ ޕައުޑަރު
  • 1 ލީޓަރު ކިރު (ފުލް ކްރީމް މިލްކް)
  • 100 މިލިލީޓަރު ހެވީ ކްރީމް
  • 300 ގްރާމް ޑާކް ޗޮކްލެޓް
  • 150 ގްރާމް ހަކުރު

ތައްޔާރު ކުރާނެ ގޮތް

  1. އެންމެ ފުރަތަމަ ކިރު، ހެވީ ކްރީމް، ކޮކޯ ޕައުޑަރ،ު ސްޓާޗް އަދި ހަކުރު ބޯތައްޓެއްގައި އެއްކޮށް ގިރާލާށެވެ.
  2. ދެން ޓްރޭއެއްގެ ތެރެއަށް ކުރިން އެއްކުރި ތަކެތި ފުރާނާލުމަށްފަހު، ޓްރޭ އުނދުން މައްޗަށް އުދައި މަޑު ގިނީގައި ކައްކާލަމުން އޭގެ ތެރެއަށް ޑާކް ޗޮކްލެޓް އަޅާލާށެވެ.
  3. ޑާކް ޗޮކްލެޓް އެއްކޮށް ވިރެންދެން ކައްކާލުމަށްފަހު އެހެން ޓްރޭއެއްގެ ތެރެއަށް އެއްކުރި ފުށްގަނޑު އަޅާލާށެވެ. ދެން ތައްޔާރު ކުރި ޗޮކްލެޓް ފުށްގަނޑު ހަތަރު ގަޑިއިރު ވަންދެން ފްރިޖަށް ލާފައި ބަހައްޓާށެވެ.

އޭރުން ޗޮކްލެޓް މޫސް ކޭކް ތައްޔާރު ކުރެވުނީ އެވެ. ބޭނުންނަމަ ކޭކުގެ މައްޗަށް ކޮކޯ ޕައުޑަރު ނުވަތަ މައިލޯ ކޮޅެއް ވެސް އެޅިދާނެ އެވެ.