މިފަހަރު މިއޮތީ އަހަރުމެން ދިވެހިންގެ ރަހަތަކާ ވަރަށް ގުޅޭނގ ކެއުމެކެވެ. ފަހު ރޯދަ ދުވަހުގެ ސުފުރާއަށް މިއީ ކަމުދާނެ ކެއުމެކެވެ.
ބޭނުންވާ ތަކެތި
- 300 ގ މެކްރޯނީ ޕާސްތާ
- 40 ގ ބަޓަރު
- 2 މޭޒުމަތީ ސަމުސާ ގޮދަން ފުށް
- 2 ޖޯޑު ލޯފެޓް ކިރު
- 3/4 ޖޯޑު ޕިއްޒާ ޗީޒް
- 1 ދަޅު މަސް (ފެނުގައި)
ތައްޔާރުކުރާނެ ގޮތް
- އަވަން 220 ޑިގްރީ ސެލްސިއަސް އަށް ޕްރީހީޓް ކުރާށެވެ. ފުން ޓްރޭއެއްގައި ބަޓަރު ހާކާށެވެ. އަދި މެކްރޯނީ ޕަކެޓުގައިވާ އިރުޝާދުގެ މަތިން ކެއްކުމަށްފަހު ޕާސްތާ ފެނުގެ 1/4 ޖޯޑު ފެެން ނަގާށެވެ.
- ތަވައެއްގައި ބަޓަރު ވިރުވުމަށްފަހު ގޮދަންފުށް އަޅާ ކައްކާށެވެ. ބޮކިޖަހާ ކެކެންފެށުމުން އުނދުންމަތިން ބާލާށެވެ. ކިރު އެޅުމަށްފަހު ގަނޑު ނުވާނެހެން އެއްފުރާށެވެ. ތަވާ އަލުން އުނދުން މައްޗަށް އުދުމަށްފަހު 4 ސޯސްގަނޑު އޮލަ ވަންދެން ކައްކާށެވެ. އުނދުނުން ބޭލުމަށްފަހު ޗީޒްކޮޅު އެއްކޮށްލާށެވެ. އަދި އަސޭމިރުސް އެޅުމަށްފަހު ރަހަ ހެޔޮވަރު ކުރާށެވެ.
- މަޑު ކުރި ޕާސްތާ، މަސްދަޅު އަދި ޕާސްތާ ފެންފޮދު ޓްރޭއަށް އެޅުމަށްފަހު ސޯސްގަނޑު މަޑުމަޑުން ޓްރޭއަށް އަޅާށެވެ. އަދި އިތުރު ޗީޒް ކޮޅެއް މައްޗަށް ބުރުވާލާށެވެ. ޗީޒްކޮޅު ވިރި ރަންކުލަ އަރަންދެން އަވަނުގައި ފިހެލާށެވެ. ގާތްގަނޑަކަށް 15 މިނެޓު ވާނެ އެވެ.