ގިނަ ބައެއްގެ ލޯބި ލިބުނު ދެކުނު އިންޑިއާގެ ފިލްމު "ޕުޝްޕާ"ގެ ދެވަނަ ފިލްމުގެ ސެޓެލައިޓް ރައިޓްސް ޓީ- ސީރީޒް އިން ގަނެފި އެވެ.

މިދިޔަ އަހަރު އިންޑިއާ ގައުމީ ފިލްމު އެވޯޑުގެ އެންމެ މޮޅު އެކްޓަރުގެ މަގާމު ހޯދި މަޝްހޫރު ތެލެގޫ އެކްޓަރު އައްލޫ އަރުޖުންގެ "ޕުޝްޕާ" ގެ ދެވަނަ ބައި މިއަހަރުގެ އޮގަސްޓް 15 ގައި ސިނަމާގައި ރިލީޒްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ފިލްމުގެ ޓީޒާ މިހާރު ބެލުންތެރިންނަށް ދައްކާލާފައިވާއިރު، މި ޓީޒާއަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައިވެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި 500 ކްރޯޑް ރުޕީސްއަށް އުފެއްދި "ޕުސްޕާ 2"ގެ ސެޓެލައިޓް ރައިޓްސް ވަނީ ޓީ- ސީރީޒްއިން ގަނެފަ އެވެ. ޓީ- ސީރީޒް އިން އެ ފިލްމުގެ ސެޓެލައިޓް ރައިޓްސް ގަނެފައި ވަނީ 60 ކްރޯޑް ރުޕީސް އަށެވެ.

ދެވަނަ ފިލްމު ވެސް ޑައިރެކްޓް ކުރަނީ ފުރަތަމަ ބައި ޑައިރެކްޓުކުރި ސުކުމާރެވެ. މި ފިލްމުގައި އައްލޫއާ އެކު މުހިންމު ރޯލުތަކުން ފެންނާނީ ފުރަތަމަ ފިލްމުގައި ވެސް އުޅުނު ރަޝްމިކާ މަންދަނާ އާއި ފަހަދު ފާސިލެވެ.

މަޝްހޫރު މިއުޒިކް ލޭބަލް އަދި ފިލްމު ޕްރޮޑަކްޝަން ކުންފުނި ޓީ- ސީރީޒް އިން މިއުޒިކް ރައިޓްސް އާއި ހިންދީ ސެޓެލައިޓް ޓީވީ ރައިޓްސް ހޯދާފައިވާއިރު ޓެލަގޫ ސެޓެލައިޓް ރައިޓްސް ސްޓާ މާ އިން ވަނީ ހޯދާފަ އެވެ.

https://www.youtube.com/watch?v=wboGYls1Bns

ރިޕޯޓްތައް ބުނާ ގޮތުގައި މިފިލްމުގެ މަގުބޫލުކަމުގެ ސަބަބުން އެކި ޕްލެޓްފޯމްތަކުން ބޮޑެތި އިންވެސްޓްމަންޓްތައް ކުރެވިފައިވާކަން ފާހަގަކުރެވެ އެވެ.

ޑިޖިޓަލް ސްޓްރީމިން ސްޕޭސްގެ ބޮޑު ބައެއް ކަމަށްވާ ނެޓްފްލިކްސް އިން ވަނީ "ޕުޝްޕާ 2: ދަ ރޫލް" ގެ އޯޓީޓީ ރައިޓްސް އަށް 100 ކްރޯޑް ރުޕީސްގެ ބޮޑު ފައިސާއެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މި ބޮޑު ޑީލަކީ ފިލްމު ސިނަމާތަކަށް ރިލީޒް ކުރުމުގެ ކުރިން ވެސް ފިލްމުގެ އިންތިހާއަށް ޝައުގުވެރިކަން ފާޅުކޮށްދޭ ޑީލެކެވެ.