މުޅި ރާއްޖެއަށް ވެސް މިއަދު މޫސުން ގޯސްވެ، އުތުރުގެ ރަށްތަކަށް ރީނދޫ ސަމާލުކަން ނެރެފި އެވެ.

ވިއްސާރަކުރާނެ ކަމަށް މޫސޫމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ބ. އަތޮޅާ ދެމެދުގެ ސަރަހައްދަށެވެ. މި ސަރަހައްދަށް ސަމާލު ނެރެފައިވަނީ 1:30 އިން ހަވީރު 5:30 އާ ހަމައަށެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ދެކުނާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

މެޓް އޮފީހުން ބުނީ ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ކަމަށެވެ. އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށެވެ. ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދު ކަމަށެވެ.

މެޓް އޮފީހުން ބުނީ ކުރިއަށްއޮތް ދެ ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އެހެންކަމުން ކަނޑު ދަތުރުކުރާއިރު މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.