މި އަހަރުގެ ފިތުރު އީދާއި ގުޅުވައިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި އުރީދޫ މޯލްޑިވްސް އާ ގުޅިގެން ގިނަ ހަރަކާތްތަކެއް ވަނީ ބާއްވައިފަ އެވެ.
މިއީ މުޖުތަމައުގައި އުފާ ފާޅުކުރުމާއި އެއްބައިވަންތަކަން އިތުރު ކުރުމަށް ބޭއްވުނު ހަރަކާތްތަކެވެ.
ބޯކިބާ ބެހުން – މާލެ އަދި ހުޅުމާލެ
ކޮންމެ އީދެއްގައި އުރީދޫގެ ފަރާތުން ކުރިއަށްގެންދާ އީދު ބޯކިބާ ބެހުން މި ފިތުރު އީދުގައި ވެސް މާލެ އަދި ހުޅުމާލޭގައި ކުރިއަށް ދިޔަ އެވެ. މިއީ އީދުގައި ޒަމާނުންސުރެ ސަޔަށް ބޯކިބާ ކެއެމުގެ އާދަޔާ ގުޅުވައިގެން އުރީދޫ އިން ކުރިއަށް ގެންދާ ހަރަކާތެކެވެ.
އީދު ހަދިޔާ ބެހުން
މި އަހަރު ވެސް ކުޑަކުދިންނަށް އިރީދޫގެ ފަރާތުން އީދު ހަދިޔާ ބެހުން ކުރިއަށް ގެންދިޔަ އެވެ.
އީދު ސައި – އެޗްޑީސީއާ އެކު
އެޗްޑީސީ އާއި ގުޅިގެން ފޭސް 2 ގައި އީދު ސައި ބެހުން އީދު ދުވަހު ހެނދުނު ކުރިއަށް ދިޔަ އެވެ.
ކުލަބު ހުޅު އަދި އުރީދޫ ގުޅިގެން ބޭއްވި ފެންކުޅި އަދި ވާދެމުން
ކުލަބު ހުޅުގެ ފަރާތުން ހުޅުމާލެ ހުޅު ބީޗު ސަރަހައްދުގައި ފެންކުޅި، ވާދެމުން އަދި ކުޑަކުދިންގެ ގިނަ ހަރަކާތްތަކެއް ހިމެނޭހެން ފޯރިގަދަ ހަރަކާތެއް ބޭއްވުނެވެ.
ހުޅުމާލެ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސޮސައިޓީގެ އީދު ސައި
ހުޅުމާލެ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސޮސައިޓީގެ އީދު ސައި އީދު ނަމާދަށް ފަހު ހިޔާ ޓަވަރު ސަރަހައްދުގައި ބޭއްވުނެވެ.
މަޑުއްވަރީ މައިސްޓްރޯ ކަޕް – މެއިން ޕާޓްނަރު
މ. މަޑުއަވަރީގައި ބޭއްވި މަޑުއްވަރީ މައިސްޓްރޯ ކަޕްގެ މެއިން ޕާޓްނަރ އަކީ އުރީދޫ އެވެ. މިއީ މަޑުއްވަރީ އީދު ހަރަކާތްތަކުގެ އެންމެ ބޮޑު އެއް ހަރަކާތެވެ.
މިލަންދޫ ކައުންސިލް ކަޕް – ބްރޮންޒް ޕާޓްނަރު
ށ. މިލަންދީ ކައުންސިލް ކަޕްގެ ބްރޮންޒް ޕާޓްނަރަކީ އުރީދޫ އެވެ. ފުޓުބޯޅަ މުބާރާތްތަކަކީ ގިނައިން އީދާއި ދިމާކޮށް ބޭއްވޭ ހަރަކާތެކެވެ.
ކުޑަރިކިލު ފުޓްސަލް މުބާރާތް – ޑިޖިޓަލް ޕާޓްނަރު
ކުޑަރިކިލު ފުޓްސަލް މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ އެވެ. ރަށުގެ ފޯރިގަދަ މުބާރާތެއް ކަމުގައި ވިޔެވެ.
އޭދަފުށި ފުޓްސަލް ކަޕް – ޓައިޓަލް ސްޕޮންސަ
އޭދަފުށި ފުޓްސަލް މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އުރީދޫ އެވެ. މިއީ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ މުބާރާތެކެވެ.