ނަވާރަ އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑައިރެކްތަރު އަހްމަދު މުބީން ވިދާޅުވެއްޖެ އެވެ.
ފ.ފީއަލީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މުބީން ވިދާޅުވީ 19 އެއާޕޯޓް ތަރައްގީ ކުރުމުގެ އެކި މަރުހަލާތައް ކުރިއަށްދާއިރު، މިއެއާޕޯޓްތައް ތަރައްގީވުމުން އޭގެ މަންފާ ރައްޔިތުންނަށް ކުރާނެ ކަމަށެވެ. އަދި މިދައުރުގެ މިހާ ކުރީކޮޅުގައި މިފަދަ ބޮޑެތި މަސައްކަތްތަކެއް މިހާ އިސްކަންދީގެން ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑުބޭނުމަކީ ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންނަށް އެންމެ އަވަހަށް ކަންކަން ފުރިހަމަ ކޮށްދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުބީން ވިދާޅުވީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ކުރަމުންދާ މަސަތްކަތްތުގެ ތެރެއިން ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށްޓަކައި އެއާޕޯޓްތައް ވައިގެ މަގުން ގުޅާލުމުގެ ބޮޑެތި މަސައްކަތްތަކެއް ވެސް ކުރިއަށްދާ ކަމަށެވެ. އަދި މިކަމަކީ ރައީސް މުހައްމަދު މުއިއްޒު ނުހަނު އިސްކަންދެއްވަގެން ބައްލަވަމުންދާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުބީން ވިދާޅުވީ، މިސަރުކާރުން ކައުންސިލްތައް ބާރުވެރި ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ އިރު އެކަމާ އެކު އެކީގައި ކުރެވޭ މަސައްކަތްތަކަކީވެސް ރައްޔަތުންގެ މަސްލަހަތު އިސްކޮށް ކުރެވެމުން އަންނަ ކަންކަން ކަމަށެވެ.
އުއްތަމަ ފަނޑިޔާރުގެ މުސާރަ ވެސް 95،000 ރުފިޔާއަށް ބޮޑުކުރަނީ
ތަރުކާރީ ކާން ދަރިންނަށް ބާރުއަޅައި ހޭނުވިދާނެ 6 ގޮތެއް!
"މުސާފިރް ކެފޭ" ސީޒަން 2: "ސުދާ"ގެ ރޯލަށް ވެދިކާ އަލުން ތައްޔާރު!
