ދުނީޔޭގައި ފުރަތަމަ ފަހަރަށް އޫރެއްގެ ކިޑްނީ އިންސާނެއްގެ ހަށިގަނޑަށް ޓްރާންސްޕްލާންޓް ކުރި މީހާ މަރުވެއްޖެ އެވެ.
އުމުރުން 62 އަހަރުގެ ރިޗަޑް ސްލޭމަން މި ކިޑްނީ ޓްރާންސްޕްލާންޓް ހަދާފައިވަނީ މީގެ ދެ މަސް ކުރިން އެމެރިކާގެ ބޮސްޓަން ހޮސްޕިޓަލެއްގަ އެވެ.
ޖެނެޓިކަލީ މޮޑިފައިކޮށްފައިވާ މި ކިޑްނީ މަދުވެގެން ދެ އަހަރު ވަންދެން އިންސާނެއްގެ ހަށިގަނޑުގައި މަސައްކަތް ކުރާނެ ކަމަށް އުންމީދުކުރެވުނެވެ.
ސްލޭމަންގެ އާއިލާއިން ވަނީ އޭނާގެ މަރުވިކަން އިއުލާންކޮށް އޭނާގެ ފުރާނަ ސަލާމަތްކުރަން ޑޮކްޓަރުން ކޮށްދިން މަސައްކަތްތަކަަށް ޝުކުރުއަދާކޮށްފަ އެވެ. އަދި ޑޮކްޓަރުންގެ މަސައްކަތުން ސްލޭމަން އަށް އިތުރަށް ލިބުނު 7 ވަރަށް ހަފްތާ އަށް ވެސް އާއިލާއިން ވަނީ ޝުކުރުއަދާކޮށްފަ އެވެ.
ޓްރާންޕްލާންޓް ހެދި ބޮސްޓަން ހޮސްޕިޓަލުން ބުނި ގޮތުގައި އޭނާ މަރުވީ ސީދާ ޓްރާންސްޕްލާންޓްގެ ސަބަބުން ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.
އެއް އަހަރު ފަހުން "އަހާ" ފޯރަމް މާދަމާރޭ ބާއްވަނީ
ނިއުކްލިއާ މައްސަލާގައި އެމެރިކާއަށް ދޫނުދޭނަން: އީރާން
އެވެންޖާސް އެންޑްގޭމް ލީކު ނުކުރުމަށް ޑައިރެކްޓަރުން އެދެފި