ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ބޮލީވުޑްގެ ސުޕަސްޓާރު، ޝާހްރުކް ހާން ދޫކޮށްލައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެކްޓަރު ޝާހްރުކްއަށް ސްޓްރޯކެއް ޖެހުނީ އަހުމަދުއާބާދުގައި އޮތް އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ މެޗެއް ބެލުމަށް ސްޓޭޑިއަމްގައި ހުއްޓަ އެވެ.

ޝާހްރުކް ސްޓްރޯކެއް ޖެހުމައެކު އޭނާ ވަނީ އަހުމަދު އާބާދުގެ ކޭޑީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޝާހްރުކް ސްޓްރޯކެއް ޖެހުނީ ޑީހައިޑްރޭޝަންގެ ސަބަބުންނެވެ. އަދި ފަރުވާ ދިނުމަށްފަހު ޝާހްރުކް ވަނީ ހޮސްޕިޓަލުން ވަނީ ދޫކޮށްލާފަ އެވެ.

https://www.instagram.com/p/C7Pd8f9IZUV/?utm_source=ig_embed&ig_rid=3fb4fe81-524e-4594-8dd3-a34223d36eef

މިދިޔަ އަންގާރަ ދުވަހު ކުޅުނު ޕްލޭއޮފް މެޗުގައި ބައްދަލުކުރީ ކޭކޭއާރު އާއި އެސްއާރުއެޗް އެވެ. މި މެޗަށް އެސްއާރުކޭ ވަނީ މީގެ ދެ ދުވަސް ކުރިން އަހުމަދު އާބާދަށް އައިސްފަ އެވެ.

އިންޑިއާގެ ގިނަ ސަރަހައްދުތަކާ އެކު އަހުމަދުއާބާދުގައި ވެސް ވަނީ ހޫނުމިން މަތިވެފަ އެވެ. ގުޖުރާތުގެ ވެރިރަށް ގުޖުރާތުގެ ފިނިހޫނުމިން ގާތްގަނޑަކަށް 45 ޑިގްރީގައި ހުރިއިރު މޫސުމާ ބެހޭ އިދާރާއިން ވެސް ވަނީ އެ ސިޓީގައި ރެޑް އެލާޓް ނެރެފަ އެވެ.

މިދިޔަ އަހަރަކީ ޝާހު އަށް ވެސް ކާމިޔާބު އަހަރެކެވެ. މި އަހަރު ޝާހުގެ ދެ ފިލްމެއް މިހާތަނަށް ނުކުތް އިރު، އެ ދެ ފިލްމަށް ވެސް ވަނީ ބޮކްސް އޮފީހުގައި 1،000 ކްރޯޑް ރުޕީސްގެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ. އެއީ އެކްޝަން ފިލްމުތަކެއް ކަމަށްވާ "ޖަވާން" އާއި "ޕަތާން" އެވެ.

ޝާހްރުކް މިހާރު އަންނަނީ އޭނާގެ އަންހެން ދަރިފުޅު ބަތަލާ ޝުހާނާ ޙާނާއެކު ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.