އިންތިހާބީ މެމްބަރުން ހިމެނޭ ހަ ކައުންސިލެއްގެ ބައި- އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބުވުމާއި ގުޅިގެން ހުސްވެފައިވާ ކައުންސިލްތަކުގެގެ މަގާމުތަކަށް އިންތިހާބުކުރުމަށް ބާއްވާ ބައި- އިލެކްޝަންގެ، އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މެންބަރުން ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލާ ކަމަށެވެ.

އެގޮތުން އެމްޑީޕީން ފުރުސަތު ހުޅުވާލާފައިވަނީ ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު، ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް މެމްބަރު، މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލް މެންބަރު، ކުޅުދުއްފުށި އުތުރު ކައުންސިލް މެންބަރު، ޅ. އަތޮޅު ކައުންސިލް ރައީސް އަދި ރ. ހުޅުދުއްފާރު ކައުންސިލް މެންބަރު ކަމަށެވެ.

އެމްޑީޕީން ވަނީ މި ބައި-އިލެކްޝަންތަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ތިންވަނަ ދުވަހުގެ 2:00 ކުރިން އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމު އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރާ ފޯމް އެއިދާރާއިން ސާފުކުރުމަށްފަހު ހުށައެޅުއްވުމަށް އެދިފަ އެވެ.