ބިގް ބޮސްގެ 14 ވަނަ ސީޒަނުން ރުބީނާ ޑިލަކް މޮޅުވެއްޖެ އެވެ.

ރުބީނާ މީގެ ކުރިން ބުނީ އޭނާ ބިގް ބޮސްއަށް އައީ އަބިނާވް ޝުކްލާއާ އެ ދެމީހުންގެ ކައިވެނި ސަލާމަތްކުރުމަށެވެ.

ބިގް ބޮސްގެ ހުރިހާ ޓާސްކުތަކެއް ވެސް ފުރިހަމައަށް އަދާކުރުމާއެކު އޭނާގެ ކައިވެންޏާ ގުޅޭ ގޮތުން ހާމަކުރާ ކަންތަކުން ބެލުންތެރިން ރޮއްވާލަ އެވެ. މި ސީޒަންގައި ފެނުނު އެންމެ ވަރުގަދަ ބައިވެރިޔާއަށް ވުމުގެ އިތުރަށް ސީޒަން ނިމިގެންދިޔަ އިރު އޭނާ ވަނީ ރަނގަޅު އަނތްބަކަށް ވެސް ވެ ގިނަ ބެލުންތެރިންގެ ލޯބި ހޯދާފަ އެވެ.

ޝޯ ނިމުމަކާ ހަމައަށް ގޮސްފައި އޮއްވާ، އައި ލޯބިވެރިންގެ ދުވަހު އަބިނާވް ޝުކްލާ ވަނީ ރުބީނާއަށް ލޯބިހުށައަޅާ، ދެވަނަ ފަހަރަށް އޭނާއާ ކައިވެނިކުރުމަށް އެދިފަ އެވެ. ރުބީނާ ވަނީ އުފަލުން އެ ހުށައެޅުން ގަބޫލުކޮށްފަ އެވެ.

ބިގް ބޮސް ހައުސްގައި ހަތަރު މަސްދުވަސް ހޭދަކުރުމަށްފަހު ރުބީނާ މިވަނީ އެ ޝޯ ކާމިޔާބުކޮށްފަ އެވެ. ޓްރޮފީއާއި ފައިސާގެ އިމާނާއެކު ރުބީނާ ހުރީ އުފަލުން ފޮޅިފަ އެވެ.