ދިވެހި ފިލްމީ ދާއިރާގައި މިހާރު ކުރިއަރަމުން އަންނަ ޒުވާން ބަތަލާ އައިމިނަތު ރަޝްފާ (އާޝާ) އޭނާގެ އިންސްޓަގްރާމަށް ދޫކޮށްލި ފޮޓޯއަކަށް ގިނަބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ. އެފޮޓޯގައި ފެނިގެންދަނީ އާޝާއާއެކު ދިވެހި ފިލްމީ ދާއިރާގެ ތަޖުރިބާކާރު އެކްޓަރު މުހައްމަދު ރަޝީދު (ދަރާ) އެވެ.

މިފޮޓޯއާއެކު އާޝާ ބުނެފައިވަނީ ލޯތްބަށް ވަކި އުމރެއް ނެތް ކަމަށާއި ހަޔާތުގެ ބައިވެރިއަކަށް ދަރާ ކަހަލަ މީހަކު ލިބުމަކީ ނަސީބެއް ކަމަށެވެ.

އާޝާގެ އުމުރަކީ 25 އަހަރު އެވެ. ދަރާގެ އުމުރަކީ 62 އަހަރު އެވެ. މިހާ އުމުރު ތަފާތު ހުރި ދެމީހަކު ކައިވެނިކޮށްފައިވާނެ ކަމާމެދު ގިނަ ބަޔަކު ސުވާލުފެއްދި އެވެ.

އާޝާގެ މިޕޯސްޓަށް ގިނަ ބަޔަކު ކޮމެންޓްކޮށްފައިވާއިރު ގިނަ ބަޔަކު ބުނެފައި ވަނީ މިއީ ފިލްމެއްގެ ޕްރޮމޯޝަނެއް ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ވަނީ އެ ދެމީހުންނަށް މަރުހަބާ ކިޔާފަ އެވެ.

https://www.instagram.com/p/C9ATwjpJrOs/?utm_source=ig_embed&ig_rid=342573d7-9cd9-45f3-925b-980a5b33b5f2

އެހެންނަމަވެސް މިކަމާއި ބެހޭ ގޮތުން ދެމީހުން ވެސް އަދި ވާހަކަ ދައްކާފައެއް ނުވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޕޯސްޓަކީ ދެމީހުން އެކީގައި ފެންނަ ފިލްމެއްގެ ޕްރޮމޯޝަނަށް އާންމުކުރި ޕޯސްޓެކެވެ. އެކަމަކު މި ފިލްމާ ގުޅޭ އިތުރު މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

އެހެންނަމަވެސް އަންނަ މަހު 27 ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ "ކަމަނާ"ގައި އާޝާ އާއި ދަރާ ފެނިގެންދާނެ އެވެ.

"ކަމަނާ" އަކީ މަހުދީ އަހުމަދުގެ ސްކްރީން ޕްލޭއަކަށް ހުސެން މުނައްވަރު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މި ފިލްމުގެ ކާސްޓަގައި މަޝްހޫރު ތަރިން ކަމަށްވާ ޔޫސުފް ޝަފީއު ޔޫއްޕެ) އާއި މަރިޔަމް އައްޒަ ވެސް ހިމެނެ އެވެ. އަންބަކަށް ލިބޭ ގެވެށި އަނިޔާގެ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ "ކަމަނާ" އަށް އޮތީ އިންތިޒާރުގައި ތިބުމެވެ.

އާޝާގެ ޕޯސްޓުން ފިލްމަށް އިތުރަށް އިންތިޒާރު ކުރުމުގެ ޝައުގުވެރިކަން ވެސް ފިލްމު ބަލާ މީހުންގެ މެދުގައި ޔަގީނުން ވެސް ބޮޑުވާނެ އެވެ. އެހެންވެ އާޝާގެ ޕޯސްޓާއި ދެ ތަރިން "ކަމަނާ" އިން ފެންނާނެ ރޯލުތަކާ އެއްވެސް ވަރެއްގެ ގުޅުމެއް އޮތްތޯ ބަލައިލުމުގެ ޝައުގުވެރިކަން މިހާރު ވަރަށް ބޮޑެވެ.