ގާތުން ކިރުދޭ ދުވަސްވަރު މައިމީހާގެ ކެއުމުގައި ހަކުރުގެ ބާވަތްތައް ގިނަ ކުރުމަކީ ކުޑަ ދަރިފުޅަށް ހަކުރު ބަލި ޖެހެން މަގުފަހިވާ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އެގޮތުން އެ ދުވަސްވަރު ކެއުމުގައި ހަކުރު ބޭނުން ކުރުމަކީ ގާތުންދޭ ކިރުގައި ހަކުރުގެ މާއްދާ އިތުރުވެ ދަރިފުޅުގެ ހަށިގަނޑަށް ހަކުރު އެތެރެވާން މެދުވެރިވާ ކަމެކެވެ.
ނަތީޖާއަކަށްވަނީ ދަރިފުޅުގެ ހަށިގަނޑުގައި ދައުރުވާ އިންސިއުލިންގެ ބާރު ދަށްވެ، ކުއްޖާގެ ޅަ އުމުރުގައި ހަކުރު ބަލީގެ ނުރައްކަލަށް ހުށައެޅުމެވެ.
ގާތުން ދޭ ދުވަސްވަރުގެ އިތުރުން މާބަނޑު ދުވަސްވަރު ވެސް ހަކުރުގެ ބާވަތްތައް ބޭނުން ކުރުމަކީ މައިމީހާއަށާއި ދަރިފުޅަށް ވެސް ނުހަނު ގެއްލުންހުރި ކަމެކެވެ.
އެހެން ކަމުން ބަލިވެ އިނީއްސުރެ ގާތުން ދިނުން ހުއްޓެންދެން ވީހާވެސް ބޮޑަށް ހަކުރުގެ ބާވަތްތަކާ ދުރުވުމަށް މާހިރުން ލަފާދެ އެވެ. އޭގެ ބަދަލުގައި ފެހިކަން ގަދަ ތަރުކާރީއާއި މޭވާ ކެއުމުގައި އިތުރުކުރަންވީ އެވެ.

ދީނަށް ފުރައްސާރަ ކުރި އާމިރު ތަހުގީގަށް ހާޒިރެއް ނުވި
މިދުވަސްވަރު ހޫނުމިން އެންމެ މަތިވާނީ މެންދުރުފަހު 2 ޖަހާއިރު
"ބޯޑާ 2"ގެ ކާމިޔާބަށްފަހު ވަރުން އެކްޓިންއިން ބްރޭކެއް ނަގަނީ؟