ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ އަސަރުގަދަ ދިވެހި ފިލްމު "ކަމަނާ"ގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށައިފި އެވެ.

ގެވެށި އަނިޔާގެ ޝިކާރައަކަށްވި ޒުވާން އަންހެނެއްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ހަގީގީ ވާހަކައަކަށް އުފައްދާފައިވާ މި ފިލްމު އޮލިމްޕަހުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 27 ވަނަ ދުވަހުގެ ރޭ އެވެ.

ފިލްމު "ކަމަނާ"ގެ ޓިކެޓް މިހާރު ވިއްކަމުން އަންނައިރު ފުރަތަމަ ޝޯގެ ޓިކެޓް މިހާރު ވަނީ ވިކި ހުސްވެފަ އެވެ.

މި ފިލްމަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހުސައިން މުނައްވަރު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

https://www.instagram.com/p/C97aOEpyOvb/?utm_source=ig_embed&ig_rid=1220bc98-5f39-4718-9e6e-19484e5061d2

މަހުދީގެ ސްކްރީން ޕްލޭއަކަށް އަލީ ޝާނީޒް ޕްރޮޑިއުސްކޮށް ހުސެއިން މުނައްވަރު ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ލީޑް ތަރިންނަކީ މަރިޔަމް އަައްޒަ އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) އަދި އައިމިނަތު ރަޝްފާ (އާޝާ) އެވެ.

ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި މުހައްމަދު ރަޝީދު (ދަރާ)، ނަތާޝާ ޖަލީލް އަދި މުހައްމަދު މަނިކު ހިމެނެ އެވެ.

ޓްރެއިލާގެ މަންޒަރުތައް ބަލާލުމުން، ފިލްމުގެ ތަރިން ރަނގަޅު އެކްޓިންއެއް ދައްކާފައިވާކަން ފާހަގަކުރެވެ އެވެ.

މި ފިލްމް ކުޅުމަށް އައްޒަ ވަނީ އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ.

https://www.youtube.com/watch?v=ypc0mqSH3Sk&t=2s

ކިޑް ޕްރޮޑަކްޝަން އާއި ސެޓާން ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ މިފިލްމަކީ މިއަހަރުގެ އުއްމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ.

މިފިލްމުގެ އާ ޕޯސްޓަރެއްވެސް މިހާރު ވަނީ ބެލުންތެރިންނާ ހަމަޔަށް ދޫކޮށްލާފަ އެވެ.