ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކޮރަޕްޝަންގެ ތުހުމަތުތަކީ ދޮގު ތުހުމަތުތަކެއް ކަމަށް ބުނެ އެމަނިކުފާނުގެ ދިފާއުގައި އެންމެ ބޮޑަށް އަޑުއުފުލި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް އެންމެ ފަހުން ރައީސް ޔާމީނަށް ވަގަށް ގޮވައިފި އެވެ.
ޕީއެންސީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ މިސަރުކާރަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލަން ނުކުރޭނެ ކަމަށް ރައީސް ޔާމީން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާ ވާހަކަ ދައްކަވާފަ އެވެ.
އެ މައްސަލަ ރައީސް މުއިއްޒަށް ބަލަން ނުކެރޭނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން ރައީސް މުއިއްޒަށް ވެސް ތުހުމަތުކުރާ ހިޔާނާތުގެ މައްސަލަތައް ގިނަ ވާތީ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އެމައްސަލަތައް ބެލުމަށް މިނިވަން ކޮމިޓީއެއް ހެދުމަށް ރައީސް ޔާމީން ވަނީ ގޮވާލާފަ އެވެ.
އަބްދުއްރަހީމް ވަނީ ޔާމީން އެދިވަޑައިގަތް ގޮތަށް އެމްއެމްޕީއާރުސީގެ މައްސަލަ ބަލަން މިނިވަން ކޮމިޝަނެއް އުފެއްދެވުމަށް ރައީސް މުއިއްޒަށް ގޮވާލައްވައިފަ އެވެ.
ރައީސް ޔާމީންގެ ވާހަކަތަކަށް ރައްދު ދެއްވާ އަބްދުއްރަހީމް ރޭގެ ޖަލްސާގައި ވިދާޅުވީ އޭނާގެ މައްސަލަ ބަލާ ކޮމިޝަނުގެ ޗެއާއަކަށް ހުންނަވަންވާނީ ޔާމީން ކަމަށާއި ދެން ތިއްބަވަން ވާނީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި، ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު އަދި ކާނަލް ރޭންކުގައި ސިފައިންގޭގައި ކުރިން އުޅުއްވި އަހްމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) ކަމަށެވެ.
އެއާއެކު އެމްއެމްޕީއާރުސީގެ މައްސަލަ ބަލަށް ވެސް ކޮމިޝަނެއް އުފައްދަވަން ވާނެ ކަމަށާއި އެ ކޮމިޝަންގެ ރިޔާސަތު ބަލަހައްޓާނީ އަބްދުއްރަހީމް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު ހަމަ އެހެން ކޮމިޓީއެއް ހައްދަވަން ވާނެ. ހަދާފައި އެ ކޮމިޓީގެ ޗެއާއަކަށް ލާން ވާނީ އަޅުގަނޑު. ދެން މެންބަރުންނަށް ލާން ވާނީ އަޅުގަނޑު ބުނާ ބައެއް، އޭރުން އަޅުގަނޑު އެމްއެމްޕީއާރްސީގެ މައްސަލަ ބަލައިދޭނަން. ބަލައިފިއްޔާ ދެން ވާނެ ގޮތް އެނގިވަޑައިގަންނަވާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވިއިރު ޔާމީނަށް ނިސްބަތްވާ އެއްވެސް އެކައުންޓެއްގައި އެއްލައްކަ ރުފިޔާ ހަމަނުވާ ކަމަށާއި ވެރިކަމުން ފައިބާވަޑައިގެންނެވިއިރު، 500 މިލިޔަނުން އެ އެކައުންޓުތަކުގައި ފައިސާ ހުރި ކަމަށެވެ. އަދި އެ ފައިސާއަކީ ކިހިނެއް ހޯދި ފައިސާއެއްތޯ އަބްދުއްރަހީމް ވަނީ ސުވާލު އުފައްދާފައެވެ.
"އޭރުން އަޅުގަނޑު އެމްއެމްޕީއާރުސީގެ މައްސަލަ ބަލައިދޭނަން. ބަލައިފިއްޔާ ދެން ވާނެ ގޮތް އެނގޭނެ. އަބްދުއްރަހީމް ފައިސާ ހޯދީ ކޮންތާކުން ކިހިނެއްހޭ ބުނީމާ، އަޅުގަނޑު ސުވާލުކޮށްލަން ބޭނުން 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވިއިރު ތިމާއަށް ނިސްބަތްވާ އެއްވެސް އެކައުންޓެއްގައި 100،000ރ ހަމަ ބޭފުޅަކު ފަސް އަހަރު ފަހުން ވެރިކަމުން ފައިބައި ވަޑައިގެންނެވި އިރު 400 މިލިއަނުން 500 މިލިއަނުން އެ އެކައުންޓުގައި ފައިސާ ހުރި. ކޮންތާކުން ހޯދި ފައިސާއެއްތޯ. އެ ފައިސާގެ ތަފްސީލު ރައްޔިތުންނަށް ދެއްވަންވީ ނޫންތޯ. އެ ހޯދިގޮތް ކިޔައިދޭންވީ ނޫންތޯ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އެ ފައިސާއަކީ ސިޔާސީ މަސައްކަތަށް ލިބުނު ފައިސާ ކަމަށް ޔާމީން ކޯޓުގައި ވިދާޅުވެފައިވާތީ އެކަމަށް ވެސް އަބްދުއްރަހީމް ރައްދު ދެއްވި އެވެ. ނަމަވެސް، މީގެ ކުރިން އެ ހުރިހާ ވާހަކައެއް އަބްދުއްރަހީމް އާއި ޕީޕީއެމް/ޕީއެންސީ އިން ދިޔައީ ދިފާއު ކުރަމުންނެވެ.
ޔާމީންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެމަނިކުފާނާ ދެކޮޅަށް އުފުލާފައިވާ ބައެއް ދައުވާތަކުގެ ޝަރީއަތްތައް އަދިވެސް ކޯޓުގައި އެބަ ހިނގަ އެވެ. ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ދޮރު ބަންދުވި ވޮޑަމުލާ މައްސަލައިގައި ހައި ކޯޓުން ވަނީ އެމަނިކުފާނުގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށްފަ އެވެ. އެ ހުކުމްގެ ބައެއް މި ހަފްތާ ތެރޭގައި ދައުލަތުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުފާން ކޮށްފަ އެވެ.
ލަދެއް ފަށެއްގެ ކުނޑި ނެތިގެން ތިޔަ ދުލުން "މަގޭ ބަފާ"ކީ މީހާއަށް ގޮވާއިރު ވަގު ތިމާގެ އަޞްލު އޮޅި ވާވަދެ ނޭގުނީ ސިކުނޑިއަށް ޖެހިފައިވާ ދީވާނާ ކަމުން ބޮޑު ކަތެއް ހުރި ނަމަ ނޭގި ސާފުވެ އެނގިދާ މިންވަރަށް ފައިޞަލާކޮށް މަޖިލީހުން ޝަރީޢަތުގެ ނިޔާ އިއްވީ ފޮނަދޫގެ ނަމްބަރުން ނެގި ޓިނުތަކަށް ދީފައޭ ވަގެއްގެ ދާއިމީ ލަޤަބު މަށެއް ފާޅު ނުކުރިއަސް ހުރި ބޮޑާކަމާއި ކިބުރުވެރިކަން ސާފުވެ ހެކިދެއޭ ނުހަނު ތިޔަ ފުންމާލާ ހުރި ތިމާއާ ނުބައްދަލު ނޭކަށޭނެ ހަމައެކަނި ގަނޑުވަރުން މުރައިދޫ
އަބުދުއްރަހީމު ކުރިން ބުނީ ޔާމީނާ ކުރަނީ ސިޔާސީ ދަޢުވާއެއް ކަމަށް. މިއަދު ބުނީ އެއީވަގެކޭ. އަބުދުއްރަހީމު ދޮގުހަދައިފި. އޭރުން ވައްކަން ވެސް ކުރާނެ އަދި ދޮގު ހެދުމުން އޭރުވަނީ. ﷲ ބާވައިލެއްވި އާޔަތްތަކަށް އީމާންނުވާ މީހަކަށް. އެފަދަ މީހަކު މަޖިލިސް ރައީސްކަމުގައި ހުރުމަކީ ރައްޔިތުން ރުހޭ ކަމެއްނޫން. އަވަހަށް އިސްތިޢުފާދެއްވާ