އިސްލާމްއަބާދް (6 މާޗް) - ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ޚާންއަށް އިތުބާރު އޮތްތޯ ބެލުމަށް ނެގުނު ވޯޓު އިމްރާން ކާމިޔާބު ކުރައްވައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު އެ ވޯޓު ނެގުން ކުރިއަށް ދިޔައީ އިދިކޮޅު ޕާޓީގެ މެންބަރުން މަޖިލީސް ބޯއިކޮޓް ކޮށްފައި ވަނިކޮށެވެ. އަދި ވޯޓުލުން ކުރިޔަށް ދިޔައިރު ޕާލަމެންޓް ޢިމާރާތުގެ ބޭރުގައި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާއި އިދިކޮޅު ލީޑަރުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގި އެވެ.
ޚާން ވަނީ 178 ވޯޓު ހޯދައި އިތުބާރު އޮތްކަމުގެ ވޯޓު ކާމިޔާބު ކުރައްވައިފަ އެވެ. އިތުބާރު އޮތްކަމުގެ ވޯޓު ކާމިޔާބު ވާނީ މަދުވެގެން 172 ވޯޓު ލިބިގެންނެވެ.
ޕާކިސްތާނުގައި 2018 ވަނަ އަހަރު އާންމު އިންތިހާބަށް ފަހު ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެންނެވި ހާން އަމިއަލަފުޅަށް މަޖިލީހުގެ އިތުބާރު އޮތްތޯ ބެލުމުގެ ވޯޓު ނެގުމަށް ހުށަހެޅުއްވީ، މި ހަފްތާގެ ކުރީކޮޅު ސަރުކާތުގެ މާލީ ވަޒީރު ސެނެޓުގެ މުހިންމު ގޮނޑިއެއް ކާމިޔާބު ނުވުމުންނެވެ.
އިދިކޮޅު ޕާޓީތަކުން މަޖިލިސް ބޮއިކޮޓް ކޮށްފައިވަނީ ސެނެޓުގެ ގޮޑި ގެއްލުމަކީ ހާންއަށް އިތުބާރު ނެތްކަން ހާމަވާ ކަމެއް ކަމަށާއި އިތުބާރު އޮތް ކަމުގެ ވޯޓު ނެގުމަކީ ބޭކާރު ކަމެއް ކަމަށް ބުނެފަ އެވެ.
"ޕާކިސްތާނުގެ މީހުންނަށް އޮޅުވާލާން ގާނޫނާ ހިލާފު ޖަލްސާ ކުރިޔަށް ގެންދަނީ،" ނޫސްވެރިންނާ ވާހަކަދައްކަވަމުން ކުރީގެ ބޮޑުވަޒީރު އަދި އިދިކޮޅު ލީޑަރު ޝާހިދު ހަގަން އައްބާސީ ވިދާޅުވި އެވެ.
މީޑިއާ ފުޓޭޖްއިން ދައްކާގޮތުގައި އިދިކޮޅު ލީޑަރުން މުޒާހަރާ ކުރަނިކޮށް ސަރުކާރަށް ތާއީދުކުރާ ސަޕޯޓަރުންތަކެއް އެ މީހުން ވަށާލައި ހަމަލާ ދީފައިވެ އެވެ.
އިރާންޚާން ޒިންދާބަދު