ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައިހުރި މީހަކު ދަންޖެހިގެން މަރުވެއްޖެ އެވެ.
އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ އުމުރުން 15 އަހަރުގެ އަންހެންކުއްޖަކާ އެކު ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި މިދިޔަ މާޗު މަހު އެވެ.
އުމުރުން 62 އަހަރުގެ އެ މީހާ ދަންޖެހިފައި ހުއްޓާ ފެނިފައިވަނީ މިއަދު ހެނދުނު އޭނާއަށް ސައި ހިފައިގެން ދިޔަ އިރު އެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލު އިދާރާތަކުން އަދި ހާމަކޮށްފައި ނުވެ އެވެ.
މަރުވި މީހާއަކީ މީގެކުރިން ވެސް މަގުމަތިން އަންހެނަކާ ދިމާކޮށް އޭނާއާ އެކު ޖިންސީ ގުޅުން ހިންގުމަށް އެދުނު މައްސަލައެއްގައި ކުށް ސާބިތުވެ ޖަލު ހުކުމެއް އިއްވާފައިވާ މީހެކެވެ.
މިމަހު ކުރީކޮޅު މީހަކު ރަހީނުކޮށް، ވަޅިން ބިރުދެއްކި މައްސަލާގައި ސަރީއަތް ނިމެންދެން ހައްޔަރުކުރި އާދަމް އަތުހަރު ވެސް ބަންދުގައި ހުއްޓާވަނީ ދަންޖެހިގެން މަރުވެފަ އެވެ.
އެމެރިކާގެ އަސްކަރީ މަރުކަޒުތައް ސަލާމަތް ނުކުރެވޭނެ: ހާމަނާއީ
ހައްޖު ދުވަހުގެ ސަވާބާއި ދަރުމަ ހޯދަން ކުރެވިދާނެ 10 ކަމެއް!
މޮޓޯއެކްސް އިން ހިތްގައިމު ރީތި ސީއެފް މޮޓޯ 150 ތައާރަފުކޮށްފި