އަންނަ އަހަރު، 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ދޭއްވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.
އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުން ނެރުނު ދެންނެވުމުގަ އެވެ.
އެގޮތަށް ހަމަޖެއްސެވީ، މީލާދީ އާ އަހަރު ޖެނުއަރު ފެށޭ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމަށްވުމާއެކު، ކަލަންޑަރުގައިވާ ޖެނުއަރީ އެއް ވަނަ ދުވަސް ދިމާވަނީ ބުދަ ދުވަހާކަށްވާތީ އެވެ.
އެ ދުވަހާ ޖެހިގެން އަންނަ ދުވަސް ކަމުގައިވާ ޖެނުއަރީ ދޭއްވާ ބުރާސްފަތި ދުވަހަކީ، ރަސްމީ ދުވަހެއް ކަމަށްވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއްނައިސް، މުއައްޒަފުންނަށް ޗުއްޓީ ލިބޭ ގޮތަށް ހަމަޖައްސައި ދިނުމަށެވެ.
ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް އަވަހާރަކޮށްލައިފި
ކެއްކުމުގެ ކުރިން ކުކުޅުގެ ހަން ނޮޅަން ޖެހޭނެތަ؟
ހުރާގައި ގެސްޓްހައުސް ތަރައްގީ ކުރަން 17 ބިމެއް ކުއްޔަށް ދެނީ