ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައިވާ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވެސް އިސްތިއުފާދެއްވައިފި އެވެ.
މުއާޒު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވަނީ ކުންފުންޏަށް ލިބޭ އާމްދަނީއަށްވުރެ ކުރަންޖެހޭ ހަރަދުތައް ބޮޑުވުމުން ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތްތައް ފޯރުކޮށްނުދެވޭ ހާލަތަށް ކުންފުނި ވެއްޓިފައިވާ ކަމަށެވެ. އަދި އޭނާ އެ މަގާމުގައި ހުރެގެން އިތުރަށް އެކަންކަން ރަނގަޅުކުރުމުގެ އަލިމަގެއް ފެންނަން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުންފުންޏަށް ލިބޭ އާމްދަނީއަށް ވުރެ ކުރަން ޖެހޭ ހަރަދުތައް ބޮޑުވުމުން ދެމެހެއްޓެެނިވި ގޮތެއްގައި ހިދުމަތްތައް ފޯރުކޮށް ނުދެވޭނެ ހާލަތަކަށް ކުންފުނީގެ އޮޕަރޭޝަން ހާލަތު ވެއްޓިފައިވާތީ, އަޅުގަނޑު ހުރެގެން ހުރެގެން އިތުރަށް މިކަން ރަނގަޅު ކުރެވޭނެ އަލި މަގެއް ފެންނަން ނެތުމުން މިއަދުން ފެށިގެން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދީފީމެވެ," މުއާޒުގެ ސިޓީގައި ބުނެފައިވެ އެވެ.
މުއާޒު ވިދާޅުވީ މަގާމާ ހަވާލުވިއިރު އެ ކުންފުނީގައި 4.3 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށެވެ. އަދި ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ވަޒީފާ ދީފައި އޮތުމުން ހަރަދުތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މުއާޒު މިފަދައިން ވިދާޅުވިއިރު، މި އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި އެކި އެކި ބައި އިލެކްޝަންތަކާ ދިމާކޮށް ގިނަ އަދަދެއްގެ މުވައްޒަފުންނަށް އެ ކުންފުނިން ވަޒީފާ ދީފައިވެ އެވެ. އަދި ގިނަ އަދަދެއްގެ މުވައްޒަފުންނަށް އިންތިހާބުތަކާ ދިމާކޮށް ޕްރޮމޯޝަންތައް ވެސް ދީފައިވެ އެވެ.
ފެނަކައަށް ޖުމްލަ 213 މިލިޔަނެއްހާ ރުފިޔާ މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި ލިބޭއިރު އިތުރަށް 85 މިލިޔަން ރުފިޔާ ހަރަދުވާ ކަމަށް ވެސް އޭނާ ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.
ފެނަކައިގެ ހާލަތު ރަނގަޅުކުރަން ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރެ އެވެ. އެ ކުންފުނި އެސްޓީއޯގެ ދަށަށް ބަދަލުކުރަން ނިންމުމަށްފަހު ފަހުން ވަނީ އެކަން ނުކުރަން ނިންމާފަ އެވެ. މިހާރު ސަރުކާރުން ބުނަނީ ފެނަކަ ބަދަލުކުރަނީ އެސްޓީއޯގެ ދަށަށް ކަމަށެވެ.
މަޑަވެލީ ރަޝީދުގެ މުއާޒެއް ފަޒުލެއް ނޯއްނާނެ. ކޮރަޕްޝަނުގެ އަމަލެއްހިންގައިފިނަމަ އެމީހަކާ ދޭތެރޭ ފިޔަވަޅުއެޅޭނެ. ކޮބާ މުއާޒު ހުޅުމާލޭގަ މިހާރު އަޅާފްލެޓަކުން ގަތް 1 ފްލޯ. މިދައްކަނީ 1 އެޕާޓްމަންޓެއް ނޫން މުޅި 1 ފްލޯގެ ވާހަކަ. 4 މިލިޔަން ރުފިޔާ އެއްފަހަރާ ދީފަ ބަންނަ ފައިބާ މަސްދޯނި. މިއައް ކިޔަނީ ކޮރަޕްޝަނެކޭ ނޫންތަ؟
އިހައް ދުވަހު ރީޑިން ނަގަން ހުރި މީހާ މިއަދުގެ އިންޖީނުގޭ ޑައިރެކްޓާ، ހުރިހާ އެންމެން ރިސޯޓުން ކަޑާލީމަ އިންޖީނުގެ މެނޭޖަރުކަން، ފެނަކައިގައި ސުޕަވައިޒަރަށް ވުރެއް ދައް ވަޒީފާއެއް ނެތް، ލޭބަރެއް ނެތް، ހުސްތިބީ މައުސް ކޮއްޕާ މީހުންނާ ވައިބާއިން މަސައްކަތް ކުރާ މީހުން، ވަޒީފާއަށް އިންޓަވިއުއެއް ކުރުމެއް ނެތް، ހަމަ ސިއާސީ މީހުން ވައްދަނީ، މިވައްދާ މީހުން ކާރީ އެމްޕީ މިބުނަނީ ވާޒީފާގައި އެއްވެސް ކަމެއް ކަލޭ ކުރަން ނުޖެހޭނެ ޔޭ! އެކަމަކު މިދައްކަނީ ދަރަނިގެ ވަހަކަ!
ބޮޑު ވގއ ކާނެ ވަރަކަށް ކައިގެން ރައްކާ ވަނީ! ޕާސްޕޯޓް ހިފަހައްޓާ ތަހްގީގުކުރޭ!