ކަޝްމީރުގެ މައްސަލަ ހައްލުކުރުމަށް މަޝްވަރާ ކުރުމަށް މަޝްވަރާކުރަން އައުމަށް ޕާކިސްތާންގެ އާމީ ޗީފް އިންޑިއާއަށް ގޮވާލައިފި އެވެ.

ވެރިރަށް އިސްލާމްއާބާދުގައި އޮތް ގައުމީ ސަލާމަތާ ގުޅޭ މައްސަލަތަކުގެ ސެމިނަރެއެއްގައި ވާހަކަދައްކަވަމުން ޖެނެރަލް ގަމަރް ޖަވިދް ބަޖްވާ ވިދާޅުވިގޮތުގައި ދެކުނު އޭޝިއާގައި ނިއުކްލިއާ ގޮތުން ވަރުގަދަ އަދި ވާދަވެރި ދެ ގައުމުގެ ދެމެދުގައި ހައްލުނުކުރެވި ހުރި މައްސަލަތަކުގެ ސަބަބުން މި ސަރަހައްދު އަނެއްކާ ވެސް ފަގީރުކަމާއި ނިކަމެތިކަމުގެ ތެރެއަށް ސޮއްސާލާފައިވާ ކަމަށެވެ.

ޕާކިސްތާނުން ދިން މިދައުވަތަށް އިންޑިއާއިން އަދި ޖަވާބެއް ނުދެ އެވެ.

ކަޝްމީރަކީ އިންޑިއާ އާއި ޕަކިސްތާނުގެ ދެމެދުގައި އޮންނަ ސަރަހައްދެކެވެ. މި ދެ ގައުމުން ވެސް ބުނާގޮތުގައި ކަޝްމީރަކީ އެގައުމުގެ ބިމެކެވެ. މިހެން ވުމުގެ ސަބަބުން މި ދެގައުމުގައި ވަނީ 1947 ގައި އިނގިރޭސީންގެ އަތްދަށުން ސަލާމަތްވުމަށް ފަހުގައި ކަޝްމީރާ ގުޅިގެން ދެ ހަނގުރާމަ ވެސް ކޮށްފަ އެވެ.

މި ދެ ގައުމުގެ އަސްކަރިއްޔާއިން ވަނީ ކަޝާމީރުގައި ހަނގުރާމަ ހުއްޓަން ފެބްރުއަރީ މަހު ހުވާކޮށްފަ އެވެ.

ބާރުގަދަ އަސްކަރީ ލީޑަރު ބަޖްވާ ވަނީ ކުރީގައި ހިނގާފައިވާ ކަންތައް ދޫކޮށްލުމަށްފަހު ދެ ގައުމުން ވެސް އަމާންކަން ހޯދުމަށް ކުރިއަށް ދާން ގޮވާލައްވައިފަ އެވެ.

"ސުލްހައާ ދިމާލަށް އިންޑީއާއިން އެއް ފިޔަވަޅު އަޅައިފި ނަމަ ޕާކިސްތަނުން ދެ ފިޔަވަޅު ކުރިއަށް އަޅާނެ،" ޕަކިސްތާނުގެ ފޮރިން މިނިސިޓާ ޝާހް މަހްމޫދު ގުރައިޝީ ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް އިތުރަށް އެ މަނިކުފާނު ވިދާޅުވެފައި ޕާކިސްތާނުން ސުލްހަވާން ގޮވާލި ނަމަވެސް އިންޑިއާއިން ފަހަތަށް އެތައް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

މި ދެގައުމުގައި އޮތް ގުޅުން އިތުރަށް ގޯސްވެފައިވަނީ 2019 އަހަރުގައި ޕާކިސްތާނުން އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއް ވައްޓާލުމަށްފަހު ފަހު އޭގެ ޕައިލެޓް ހައްޔަރު ކުރުމުންނެވެ. މިއީ އިންޑިއާގެ މަތިންދާބޯޓަކުން ޕާކިސްތާނުގެ ހަނގުރާމަވެރިންނަށް ހަމަލަ ދިނުމުން ޕާކިސްތާނުން ދިން ރައްދެކެވެ.

އޭރު އިންޑިއާއިން ބުނެފައި ވަނީ އެ ވައިގެ ހަލަމާއަކީ ކަޝްމީރުގައި ތިބި 40 އިންޑިއާ ސިފައިންގެ ޖާނުންފިދާވެގެން ދިން ބޮމުގެ ހަމަލާއެއްގައި މަރުވުމުން އޭގެ ރައްދުގައި ދިން ހަމަލާއެއް ކަމަށެވެ.

އިންޑިއާއިން ތުހުމަތު ކުރާ ގޮތުގައި ޕާކިސްތާނުން އިންޑިއާ އާއި ހިލާފަށް ކަޝްމީރުގައި ހަނގުރާމަކުރަން މީހުން ތަމްރީނު ކުރަމުންދެ އެވެ. އަދި އެ މީހުންނަށް ހަތިޔާރުތައް ވެސް ދެމުންދެ އެވެ. ނަމަވެސް މިކަން ޕާކިސްތާނުން ވަނީ ދޮގުކޮށްފަ އެވެ. 1989 އަކުން ފެށިގެން އިންޑިއާއިން ހިފާފައިވާ ކަޝްމީރުގައި ތިބި ހަނގުރާމަވެރިން ދޭތެރެ ދޭތެރެއިން ހަމަލާދެ އެވެ.