މިރޭ އިރާކޮޅުގެ ވަގުތެއްގައި ހއ. ދިއްދޫގައި އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ސަޕޯޓަރުން ރައީސް ޑރ. މުހައްމަދު މުއިއްޒާ ދެކޮޅަށް އިހްތިޖާޖުކުރުމުން ފުލުހުން އެކަމަށް ހުރަސްއަޅައިފި އެވެ.
މިރޭ އިރާކޮޅުގެ ވަގުތެއްގައި ރައީސް މުއިއްޒު ދިއްދުއަށް ވަޑައިގަތްވަގުތު އެމްޑީޕީގެ ގިނައަދަދެއްގެ ސަޕޯޓަރުން ވަނީ ރައީސް މުއިއްޒާ ދެކޮޅަށް އަޑުއުފުލާފަ އެވެ.
އިހްތިޖާޖުކުރި މީހުން ވަނީ ރައީސް މުއިއްޒު ވެރިކަމުން އިސްތިއުފާ ދެއްވުމަށް ގޮވާލާފަ އެވެ. ރައީސް މުއިއްޒު ވަޑައިގަތުމުގެ ކުރިން ދިއްދޫގައި ކުރަން ރޭވި މުޒާހަރާގައި ބޭނުންކުރަން ހަމަޖެއްސި ސައުންޑް ސިސްޓަމް ވެސް ފުލުހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ރައީސް މުއިއްޒާ ދެކޮޅަށް އިހްތިޖާޖުކުރުމުގެ ގޮތުން ދިއްދޫގެ ބައެއް މަގުތަކުތަކުގައި ދެމި ބެނާތައް ޕީއެންސީގެ އެކްޓިވިސްޓުން ވަނީ ހަލާކުކޮށްލާފަ އެވެ.
ދިއްދޫ ކައުންސިލުން ވެސް ވަނީ ރައީސް މުއިއްޒުގެ ދަތުރަށް ހުރަސްއެޅޭ ކަމެއް ނުކުރެއްވުމަށް އިލްތިމާސްކޮށް އެމްޑީޕީއަށް ސިޓީއެއް ވެސް ފޮނުވާފަ އެވެ.
"ކޮފީ ވިތު ކަރަން"ގައި ސަލްމާންއާއި ކަރީނާގެ "ރީޔޫނިއަން"އެއް!
ހޮލީވުޑް ބައުލްގައި ޑޮލީ ޕާޓަންއަށް މައިލީގެ ޓްރިބިއުޓްއެއް!
މަޝްހޫރު ފަންނާނުންނާއެކު އަބޫދާބީގައި މިއުޒިކް ފެސްޓިވަލެއް!

އާ ދެން ތިހެންޏާ ރައީސްބޮލަށް އަރަންދެން ތިބެންވީތަ؟ އެހެންނެއް ސިފައިން ފުލުހުންނެއް ނުތިބޭނެ. އަހަންމަދު އަމާބަފާ ބޮލަގުއިރެންދެން ކަލޭއަށް ބަލަންހުންނަން ކެރޭނެތަ؟ ތަޅާއަނިޔާވެސްކުރާނެ. ދެން ކަލޭމެން މާނަކުރާގޮތަށް ކުރަންވީ. ކަލޭމެންގެ ވެރިކަމެއްނޫނިއްޔާ