މިއަދުގެ ރޯދަ މަލާފަތުގައި މި ގެނެސްދެނީ ދިވެހިންގެ ރަހަތަކާ ވަރަށް ގުޅޭ، ފަސޭހައިން ހަދާލެވޭ ބުއިމެކެވެ. ރޯދަ ވީއްލުމުގައި މި ބުއިމުގެ އަޖުމަ ބަލާލުން ރަނގަޅުވާނެ އެވެ.
ސާގަކީ ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލު ބާވަތެކެވެ. އެހެންވެ މިފަހަރު މި ގެނެސްދެނީ ސާގުން ތައްޔާރުކުރާ މީރު އުފެއްދުމެކެވެ.
ބޭނުންވާ ތަކެތި
- 8 ޖޯޑު ފެން
- 1 ޖޯޑު ސާގު
- 1 ރާނބާފަތް (6 އިންޗި)
- 1/2 ޖޯޑު ހަކުރު
- 1/2 ޖޯޑު ގެރިކިރު
- 2 ސައިސަމުސާ ފިނިފެން
- 1/2 ޖޯޑު ޖެލޯ ކިއުބްސް (ބޭނުންނަމަ)
ތައްޔާރު ކުރާނެ ގޮތް
- ތެއްޔަކަށް 5 ޖޯޑު އެޅުމަށްފަހު ބޮކި ޖަހާ ކެކެންދެން ކައްކާށެވެ. ރަނގަޅަށް ކެކިގަތުމުން ސާގުކޮޅު އަޅައި މެދު ގިނީގައި ރޯފިލުވާށެވެ. ސާގުކޮޅު އެއްވިޔަ ނުދިނުމަށްޓަކައި ގިނައިން ހަލަންވާނެ އެވެ.
- ސާގުކޮޅު ރޯފިލުމުން ފެންފޮދު ފުރާނާފައި އެއްފަރާތް ކުރާށެވެ.
- އެހެން ތެއްޔަކަށް ބާކީހުރި ފެނާއި އެހެނިހެން ތަކެތި އެޅުމަށްފަހު ހަކުރުކޮޅު ރަނގަޅަށް ވިރެންދެން ކައްކާލާށެވެ. ފަނި ދިޔާ ކުރަން ބޭނުންނަމަ އިތުރަށް ވެސް ފެން އެޅިދާނެ އެވެ. އެއާއެކު ބޭނުންނަމަ ކުޑަ ކާކުލަ ކޮޅެއް ވެސް އެއްކޮށްލާށެވެ.
- ފެންގަނޑު ރަނގަޅަށް ހޫނުވުމުން ކުރިން ފުރޭނި ސާގުކޮޅު ތެއްޔަށް އަޅައި އެއްކުރާށެވެ. ބޮކިޖަހާ ރަނގަޅަށް ކެކެންދެން ހުއްޓުމެއް ނެތި ހަލަމުން ގެންދާށެވެ.
- ފެންގަނޑު ކެކެން ފެށުމުން އުނދުން މަތިން ބާލައި ފިނިފެންކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.
- ތަށިތަށްޓަށް އަޅައި އިންސާފު ކުރަން ވުމުން ޖެލީ ކިއުބްތައް އަޅާށެވެ. މިއީ އިހްތިޔާރީ ކަމެކެވެ.