2025 ވަނަ އަހަރުގެ "ރޯދަ މަލާފަތް" ސެގްމެންޓްގައި އަޅުގަނޑުމެން ގެނެސްދޭން މި މަސައްކަތް ކުރަނީ ދިވެހިވަންތަ ރަހަތަކާއި ކެއުންތަކެވެ.
އެގޮތުން ސޫޖީއަކީ އަހަރުމެންގެ މެދުގައި މަގުބޫލު ފޮނި ކެއުމެކެވެ. މިފަހަރު މި ގެނެސްދެނީ ވަރަށް ފަސޭހައިން ސޫޖީ ތައްޔާރު ކުރެވިދާނެ ރެސިޕީ އެކެވެ.
ބޭނުންވާ ތަކެތި
- 1/2 ޖޯޑު ރަވާ
- 1 ޖޯޑު ކަނަމަދު
- 1 ބޮޑު ފިޔާ (ތުނިކޮށް ކޮށާފައި)
- 1/2 ޖޯޑު ހިކި މޭބިސްކަދުރު
- 1 ދަޅު ގެރި ކިރު
- 5 ކާފޫރުތޮޅި (ކުޑަކޮށް ހުޅުވާލާފައި)
- 6 އިންޗީގެ ރާނބާފަތްކޮޅެއް (ދެބުރި ކޮށްފައި)
- 6 އިންޗީގެ ފޮނިތޮށި (ދެ ބުރި ކޮށްފައި)
- 5 ޖޯޑު ފެން
- 1/2 2 މޭޒުމަތީ ސަމުސާ ގިތެޔޮ
- 1 ސައިސަމުސާ ފިނިފެން
ތައްޔާރު ކުރާނެ ގޮތް
- ތެއްޔަކަށް 1/2 ސައިސަމުސާ ގިތެޔޮ އަޅައި އުނދުން މައްޗަށް ރޯކުރުމަށްފަހު ހޫނު ވުމުން ފިޔައާއި ކާފުރުތޮޅި އަޅައި ފިޔާކޮޅު ރަތްކޮށްލާށެވެ. ރަނގަޅަށް ރަތްވުމުން އެހެން ތަށްޓަކަށް އަޅައި އެއްފަރާތް ކުރާށެވެ.
- ހަމަ އެ ތެއްޔަށް އިތުރު ގިތެޔޮ ކޮޅެއް އަޅައި ހޫނުވެ ވިރުމުން ހިކި މޭބިސްކަދުރު އަޅައި އޭގެ ކުލަ ގަދަ ވަންދެން ކައްކާލުމަށްފަހު އެހެން ތަށްޓަކަށް އަޅައި އެއްފަރާތް ކުރާށެވެ. މި ގޮތަށް ހަމަ އެ ތެލީގައި ކަނަމަދު ކޮޅު ވެސް ރަތް ކޮށްލުމަށްފަހު އެއްފަރާތް ކުރާށެވެ.
- އަނެއްކާ ވެސް އެ ތެއްޔަށް ގިތެޔޮ އަޅައި ހޫނުވުމުން ރަވާކޮޅު އަޅައި ހަލަމުން ގެންދާށެވެ. ރަވާކޮޅަށް މަޑު ރަންކުލަ އެރުމުން ފެނާއި ރާނބާފަތާއި ފޮނިތޮށި އަދި ކުރިން ރަތްކުރި ބާވަތްތައް އަޅައި ރަނގަޅަށް އެއްކޮށްފަހު ތެލީގެ މަތިޖަހައި ބޮކި ޖަހައި ކެކެންދެން ކައްކާށެވެ.
- ބޮކި ޖަހަން ފެށުމުން ގެރިކިރާއި ފިނިފެން އެޅުމަށްފަހު އިތުރު ދެތިން މިނެޓު މަޑު ގިނީގައި ކައްކާލުމަށްފަހު އުނދުން މަތިން ބަލާށެވެ.