ހުރިހާގެ މިއަހަރުގެ "ރޯދަ މަލާފަތް" ސެގްމެންޓްގެ މަގްސަދަކީ ކިޔުންތެރިންނާ ހަމައަށް މީރު ދިވެހި ރަހަތަކާއި ކެއުންތައް ގެނެސްދިނުމެވެ.

އެގޮތުން މިފަހަރު ވެސް މިއޮތީ ރޯދަ މަހު އަހަރުމެންގެ ސުފުރާ މަތިން ވަރަށް އާއްމުކޮށް ފެންނަ ފޮނި ކެއުމުގެ ބާވަތެކެވެ. މިއީ ފަސޭހައިން ހަދާލެވޭ އަނގައަށް މީރު ކެއުމެކެވެ.

ބޭނުންވާ ތަކެތި

  • 2 ދޮންކެޔޮ (ޗަސްކޮށްފައި)
  • 1/2 ޖޯޑު ފުށް
  • 1/2 ޖޯޑު ހަކުރު
  • 1 މޭޒުމަތީ ސަމުސާ ކާށި ހުނި
  • 1 ސައިސަމުސާ ބޭކިން ޕައުޑަރު
  • 1/2 ސައިސަމުސާ ވެނީލާ އެސެންސް
  • 2 ޖޯޑު ތެޔޮ

ތައްޔާރު ކުރާނެ ގޮތް

  1. ޗަސްކޮށްފައިހުރި ދޮންކެޔޮ ބޮޑު ތަށްޓަކަށް އެޅުމަށްފަހު ތެޔޮ ނޫން ހުރިހާ އެއްޗެއް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.
  2. ތެއްޔެއްގައި ތެޔޮކޮޅު ރަނގަޅަށް ހޫނު ކޮށްލުމަށްފަހު ސަމުސާއެއް ބޭނުންކޮށްގެން އެއްކުރި ފުށްގަނޑުން އެތިކޮޅެއް ތެޔޮގަނޑަށް ވައްޓާލާށެވެ. ތެލުލަން ބޭނުންކުރާ ތެލި ނުވަތަ ތާހަށް އެޅޭ ވަރަކަށް މިހެން ކަންތައް ކުރާށެވެ.
  3. ފުށްގަނޑަށް މަޑު ރަންކުލައެއް އެރުމުން ތެޔޮގަނޑުން ނަގައި ތެޔޮ ހިއްކާލުމަށްޓަކައި ޓިޝޫއެއްގެ މަތީގައި އަތުރާލާށެވެ.