ހުރިހާގެ "ރޯދަ މަލާފަތް" ސެގްމެންޓްގައި އަޅުގަނޑުމެން މި ގެނެސްދެނީ މި ރޯދަ މަހު ރޯދަ ވީއްލަން ތައްޔާރު ކޮށްލަން ފަސޭހަ ދިވެހި ވަންތަ ކެއުންތަކަށެވެ.

މަސް ކުރޮޅިއަކީ އެންމެ ކުރީއްސުރެ ދިވެހިން ރޯދަ ވީއްލުމުގައި ބޭނުންކުރި ބާވަތަކަށްވާއިރު، ބަތްޕެނާއި ރޮށި ނުވަތަ ބަތާއެކު ކާން ވެސް މިއީ ރަހަ މީރު ކެއުމެކެވެ.

ބޭނުންވާ ތަކެތި

  • 1 ޖޯޑު މުގުރި ހިކިމަސް
  • 1 ކާށި (އެތިކޮޅު ކޮޅަށް އުކުރާފައި)
  • 1 ފިޔާ (ބޮޑެތިކޮށް ކޮށާފައި)
  • 2-3 އަސޭ މިރުސް އޮށް
  • 10-15 ހިކަނދި ފަތް
  • 1 ލުނބޯ
  • 1 ސައި ސަމުސާ ލޮނު

ތައްޔާރު ކުރާނެ ގޮތް

  1. ލުނބޯއާއި ލޮނު ފިޔަވައި އެހެން ހުރިހާ އެއްޗެއް މިކްސްޗަރަށް އަޅައި ކުޑަކޮށް ރާޅުކޮށް ހުންނަ ވަރަށް މުގުރާލާށެވެ. މިިކަމުގައި ކުޑަ ފެންފޮދެއް ބޭނުން ކުރެވިދާނެ އެވެ.
  2. މުގުރި މަސްގަނޑު ތަށްޓަކަށް އަޅައި ލުނބޯ ހުތާއި ލޮނު އެޅުމަށްފަހު ރަނގަޅަށް މޮޑެލާށެވެ. ނިންމާލުމަށްފަހު ލޮނު ހެޔޮވަރު ކޮށްލަންވާނެ އެވެ.