މިއަހަރުގެ "ރޯދަ މަލާފަތް" ސެގްމެންޓްގައި އަޅުގަނޑުމެން މަސައްކަތް ކުރަނީ ދިވެހިންގެ ރަހަތަކާ ގުޅޭ ދިވެހި ކެއުންތައް ކިޔުންތެރިންނަށް ގެނެސްދިނުމަށެވެ.
ބަތްޕެނަކީ ރޯދަމަހު ދިވެހިންގެ ގާތް އެކުވެރިއަކަށްވާއިރު ފަހަކަށް އައިސް ބަތްޕެނުގެ އެކި ވައްތަރުތައް ވެސް ވަނީ ވައިގައި ހިފަން ފަށާފަ އެވެ. އެގޮތުން މިއަދު މި ގެނެސްދެނީ ބަތްޕެނުގެ ބާވަތެއް ކަމަށްވާ ކަށިކެޔޮ ބަތްޕެނެވެ.
ބޭނުންވާ ތަކެތި
- 1 ޖޯޑު ކަށިކެޔޮ (ލިޔެލާފައި)
- 1/2 1 ޖޯޑު ޅަހަނޑޫ
- 6 އިންޗި ރާނބާފަތް
- 3 މޭޒުމަތީ ސަމުސާ ހަކުރު
- 2 ޖޯޑު ފެން
- 1 ޖޯޑު ބޯކިރު
ތައްޔާރު ކުރާނެ ގޮތް
- ފެންފޮދު ތެއްޔަކަށް އެޅުމަށްފަހު އޭގެ ތެރެއަށް ޅަ ހަނޑޫކޮޅާއި ރާނބާފަތް އަޅައި ކައްކާށެވެ.
- ލިޔެފައި ހުރި ކަށިކެޔޮ މިކްސްޗަރުން މުގުރާލުމަށްފަހު ހަކުރާއެކު ފެން އެއްޗަށް އަޅައި ރަނގަޅަށް މަޑުވަންދެން ކައްކާށެވެ.
- ބަތްޕެން ކޮޅު ރަނގަޅަށް އޮލަވުމުން ބޯކިރުކޮޅު އަޅައި އެއްކޮށްލުމަށްފަހު އުނދުން މަތިން ބާލާށެވެ.
"ޑޭސް އޮފް ތަންޑާ"ގެ ސީކުއަލްގައި ޓޮމް ކުރޫޒްއާއި އޭން ހެތަވޭ!
ރާއްޖޭގެ ކަނޑުގެ ތެލާއި މައުދަން ނެގުމަށް ގާނޫނެއް ހަދަނީ
އެސްއޯއީތަކުން 6،000 އަށްވުރެ ގިނަ މުވައްޒަފުން ވަކިކުރަނީ