ރޯދަ މަލާފަތުގެ މިއަދުގެ ސެގްމެންޓްގައި އަޅުގަނޑުމެން މި ގެނެސްދެނީ ރައީސް މުހައްމަދު އަމީންގެ ރެސިޕީއަކަށް ބަދަލުތައް ގެނެސްގެން ހުށައަޅައިދޭ ރެސިޕީ އެކެވެ.
މިއަދު މި ގެނެސްދެނީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ މަޝްހޫރު ބަތްގަނޑެކެވެ. މިއީ ރައީސް މުހައްމަދު އަމީންގެ ރެސިޕީ އެކެވެ. މި ކެއުން ހުރިހާ ބޭފުޅުންނަށް ވެސް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ.
ބޭނުންވާ ތަކެތި
- 2 ޖޯޑު ހަނޑޫ
- 2 ޖޯޑު ކާށި ކިރު
- 8 ކަރަންފޫ
- 8 ކާފުރުތޮޅި
- 2 އިންޗިފޮނިތޮށި
- 1 ފިޔާ (ތުނިކޮށް ކޮށާފައި)
- 1/2 އިންޗި އިނގުރު (ޗިސްކޮށްފައި)
- 1 މޭޒުމަތީ ސަމުސާދިރި
- 2 މޭޒުމަތީ ސަމުސާ ގިތެޔޮ
- 1 މޭޒުމަތީ ސަމުސާ ކާށިތެޔޮ
ތައްޔާރު ކުރާނެ ގޮތް
- އެންމެ ފުރަތަމަ ހަނޑޫކޮޅު ރަނގަޅަށް ދޮވެލުމަށްފަހު ތެއްޔަކަށް ބަދަލުކޮށް އޭގެ ތެރެއަށް ދިރިކޮޅު އަޅައި އެއްކޮށްލާށެވެ.
- ފިޔައާއި އިނގުރު ތަށްޓަކަށް އެޅުމަށްފަހު ފޮރުވޭ ވަރަށް ފެން އަޅައި އެއްފަރާތް ކުރާށެވެ. ހަމަ މިގޮތަށް ކަރަންފޫއާއި ފޮނިތޮށި އަދި ކާފުރު ތޮޅި ވެސް ފެނަށް އަޅާށެވެ.
- ގިތެލާއި ކޮށިތެޔޮ މީރު ކުރަން އުދާށެވެ. އެއަށް ފިޔާ ފެނާއި ކަރަންފޫ ފެނުގެ ބައެއް އަޅައި ރަނގަޅަަށް މީރުވުމުން ހަނޑޫކޮޅު އެޅުމަށްފަހު ހަނާ ކޮށްލާށެވެ.
- ރަނގަޅަށް ހަނާވުމުން ކާށިކިރު އަޅައި ދިޔަވަރު ރަނގަޅުކޮށް ލޮނު ހެޔޮވަރު ކުރާށެވެ.
- އެއަށްފަހު ބަތްތެލި ހިނދެންދެން ކައްކާށެވެ. މަތިން ހިނދުމުން ގިނަ މަޑުކޮށްލަންވާނެ އެވެ.