ދިރާގުން ފިތުރު އީދުގެ މުނާސަބަތުގައި ވަރަށް ހާއްސަ އޮފާއެއް ތައާރަފްކޮށްފި އެވެ.
ދިރާގުން ބުނީ އެ ކުންފުނިން ތައާރަފުކުރި މި އޮފާގެ ދަށުން، ދިރާގު ކަސްޓަމަރުންނަށް އީދު ހަދިޔާގެ ގޮތުގައި އާއިލާ ނުވަތަ ރައްޓެހިންގެ ތެރެއިން 5 މީހަކަށް 12 މަސް ދުވަހުގެ މުއްދަތައް 1ޖީބީ ޑޭޓާ ކޮންމެ މަހަކު ހިލޭ ލިބޭ ގޮތަށް ފޮނުވާލެވޭނެ ކަމަށެވެ. މިއީ ދިރާގު ކަސްޓަމަރުންނަށް މުޅިން ހިލޭ ލިބޭ އޮފާއެކެވެ.
މި ކަމާ ބެހޭގޮތުން ދިރާގުގެ ޑިރެކްޓަ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވިގޮތުގައި، އީދުގެ އުފާވެރި މުނާސަބަތުގައި މި ތައާރަފްކުރި އޮފާ މެދުވެރިކޮށް ދިރާގުގެ ކަސްޓަމަރުންގެ އާއިލާއާއި ރަހުމަތްތެރިންގެ މެދުގައިވާ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އެހީތެރިވެދީ، އީދުގެ އުފަލުގައި އެންމެން ބައިވެރިކުރުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި، އެއްބައިވަންތަ މުޖުތަމައުއެއް ބިނާކޮށް، ކަސްޓަމަރުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތައް ގެނެސްދިނުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދިރާގު ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކޮންމެ ކަސްޓަމަރަކަށް ވެސް ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް 30 މާޗު އިން 7 އޭޕްރީލް ގެ ނިޔަލަށް މި އޮފާގެ ދަށުން ދިރާގުއެޕް މެދުވެރިކޮށް އީދު ހަދިޔާ ފޮނުވޭނެ އެވެ. އަދި، ކޮންމެ މަހަކު ލިބޭ 1ޖީބީ ޑޭޓާ 5 ދުވަހުގެ މުއްދަތައް ބޭނުންކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެކި މުނާސަބަތުތަކަށް ހާއްސަކޮށްގެން ކަސްޓަމަރުން އެކަކު އަނެކަކާ ގުޅުވައިދީ، އެއްބައިވަންތަކަން އިތުރުކުރުމަށް އެހީތެރިވުމުގެ ގޮތުން ދިރާގުން ދަނީ ތަފާތު ޕްރޮމޯޝަންތައް ހިންގައި އަގުހުރި އޮފަރތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންނެވެ.