ރާއްޖޭގައި ކުށުގެ ވެށީގައި އުޅޭ ކުޑަކުދިންގެ އަދަދު އިތުރުވަމުންދާތީ މޯލްޑިވްސް ޕޮލިސް ސާވިސްއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުންގެ ގޭންގު ކުށްތައް ހުއްޓުވުމަށް އަލަށް އުފައްދާފައިވާ ވިންގުގެ އިސްވެރިޔާ، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އާރިފް ވަނީ މައުލޫމާތު ހިއްސާކުރައްވާފަ އެވެ.
ސުޕްރިންޓެންޑެންޓް އާރިފް ވިދާޅުވީ، ގްރޫޕުތަކުން ހިންގާ ކުށްތައް ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މި މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށެވެ.
ނަމަވެސް، މި އޮޕަރޭޝަންތަކުގެ ސަބަބުން ކުށުގެ މާހައުލުތަކުން އަތުލައިގަނެވޭ ކުޑަކުދިންގެ އަދަދު އިތުރުވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ފުލުހުން ދެއްވާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރު އެކި މައްސަލަތަކުގައި 18 އަހަރުން ދަށުގެ 79 ކުދިން ހައްޔަރުކުރެވުނު އިރު، މިއަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި އެކަނި 95 ކުދިން ހައްޔަރުކުރެވިފައިވެ އެވެ.