ހދ. ކުޅުދުއްފުށީ ކައިރި ސަރަހައްދަކަށް، މަސްހިފުމަށް ފޭބި މީހަކަށް މިޔަރެއް ހަމަލާދީ ޒަހަމުކޮށްލައިފި އެވެ.
މިހާދިސާ ހިނގީ މިއަދު ހެނދުނު 7 ޖަހާކަންހާއިރު ކަމަށްވެ އެވެ. އަދި މި ހާދިސާގައި ޒަހަމްވެފައި ވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް މުހައްމަދު މޫސާ ވަނީ މިހާދިސާއާ ގުޅިގެން އެ ހޮސްޕިޓަލަށް ޒަހަމްވި މީހާ ގެންދެވުނުކަން ކަށަވަރުކޮށްދެއްވާފަ އެވެ. އަދި އެ ޒުވާނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެވި މިހާރު އޭނާގެ ހާލަތު ސްޓޭބަލް ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެ ޒުވާނާއަށް ލިބިފައިވާ ޒަހަމްތަކުން ލޭ މަނާ ކުރެވުނު ނަމަވެސް މިޔަރު ހަމަލާ ދިނުމުގެ ސަބަބުން އެ ޒުވާނާގެ ކޮނޑު ހުޅު ނެއްޓިފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ޒަހަމްވި ޒުވާނާ އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ ވިސްނުން އެބަހުރި ކަމަށެވެ.

ހޯކްސް އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި
އެމްއޭއެމުން ގެއްލުނު 30 މިލިއަންގެ މައްސަލައިގަ ޖަވާޒު ހިމެނޭ
ކައުންސިލްތައް ބަދުނާމު ކުރަނީ ސަރުކާރުގެ ނާގާބިލުކަން ފޮރުވަން
