ޒުވާން އުމުރުގެ ނަފްސާނީ ސިއްހަތަށް ސޯޝަލް މީޑިއާގެ ސަބަބުން ގެއްލުންވާ ކަމަށް ގިނަ ފުރާވަރު ކުދިން އެއްބަސްވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
މިހެން ބުނެފައިވަނީ އެމެރިކާގެ ޕިއު ރިސާޗް ސެންޓަރުން އާއްމުކުރި ދިރާސާ ރިޕޯޓެއްގައި ފުރާވަރު ކުދިން ސޯޝަލް މީޑިއާއާ މެދު ދެކޭގޮތް ހާމަކުރަމުންނެވެ.
އެމެރިކާގެ 13 އަހަރާއި 17 އަހަރާ ދެމެދުގެ 1300 އަށްވުރެ ގިނަ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނާއެކު ކުރެވުނު އެ ދިރާސާއިން އެނގުނު ގޮތުގައި ފުރާވަރު ކުދިންގެ 48 ޕަސެންޓް ގަބޫލު ކުރަނީ ސޯޝަލް މީޑިއާއަކީ ނަފްސާނީ ސިއްހަތަށް ގެއްލުންހުރި އެއްޗެއް ކަމަށެވެ.
އެއާ ޚިލާފަށް ސޯޝަލް މީޑިއާއިން އެމީހުންގެ ދިރިއުޅުމަށް ކުރަނީ ހެޔޮ އަސަރުތަކެއް ކަމަށް ބުނެފައިވަނީ ހަމައެކަނި 11 ޕަސެންޓް ކުދިންނެވެ.
މި ދިރާސާ އާއްމު ކޮށްފައި މިވަނީ ފުރާވަރު ކުދިން ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު އިތުރުވަމުން އަންނަ ކަމުގެ ކަންބޮޑުވުން ބެލެނިވެރިންނާއި ޓީޗަރުން ފާޅުކޮށްފައި ވަނިކޮށެވެ.
އެހެން ނަމަވެސް މި ދިރާސާ ރިޕޯޓާއެކު ފުރާވަރު ކުދިންގެ މެދުގައި ސޯޝަލް މީޑިއާގެ ހޭލުންތެރިކަން އިތުރުވަމުން އަންނަ ކަން މިވަނީ އެނގިފަ އެވެ.
ތުރުކީގެ ކުންފުންޏަކުން ރާއްޖޭގައި 300 މިލިއަން ޑޮލަރުގެ ރިސޯޓެއް
ވިއްސާރައިގައި އިންޑިއާއިން 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!