މިއަހަރުގެ މެޓް ގާލާގައި ފުރަތަމަ ފަހަރަށް ފެނުނު ބޮލީވުޑް ތަރި ޝާހްރުކް ޚާންއަށް އެމެރިކާގެ މަޝްހޫރު މޮޑެލް ކްލޯއީ ކާޑޭޝަންގެ ތައުރީފު ބަންޑުން ކޮށްލައިފި އެވެ.
ކްލޯއީގެ ސްނެޕްޗެޓް ސްޓޯރީގައި ހިއްސާކުރި ޕޯސްޓެއްގައި ކްލޯއީ ބުނެފައިވަނީ އޭނާއަކީ ޝާހްރުކް ޚާންގެ ވަރަށް ބޮޑު ސަޕޯޓަރެއް ކަމަށެވެ. އަދި އޭނާއަށް ޝާހްރުކްއަކީ ކާކުކަން އެނގުނީ މިދިޔަ އަހަރު އޭނާގެ ދައްތަ ކިމް ކާޑޭޝަންއާއެކު އިންޑިއާއަށް ކުރި ދަތުރުގައި ކަމަށް ކްލޯއީ ބުންޏެވެ.
ކިމްގެ ޕޯސްޓުގައި އޭނާ އިތުރަށް ބުނީ ދުނިޔޭގެ ގިނަ ބައެކޭ އެއްގޮތަށް އޭނާއަކީ ވެސް ޝާހްރުކް ޚާންގެ މެޓް ގާލާ ފެނިލުމަށް ސަޕޯޓްކުރި މީހެއް ކަމަށެވެ. އަދި އެ ފެނިލުމުގައި ޝާހްރުކް ޚާން ބޭނުންކުރި ހެދުމާއި ގަހަނާތަކަށް ވެސް ކްލޯއީ ވަނީ އެ ޕޯސްޓުގައި ތައުރީފް ކޮށްފަ އެވެ.
ޝާހްރުކް ޚާންގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އޭނާ ދެން އެންމެ އަވަހަށް ފެންނާނީ އަބީޝޭކް ބައްޗަންއާއި ސުހާނާ ޚާންއާއެކު "ކިންގް" އިންނެވެ.