އަންހެން ހެދުން އަޅައިގެން ފިހާރައަކުން އަގުބޮޑު ގަޑިއެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ސ. ހުޅުދޫ، އަބުލަޣީގެ މުހައްމަދު ސިމާދު (47އ) އެވެ.
އޭނާ ހައްޔަރުކުރީ ހައްޔަރުކުރީ ފިހާރައަކުން 67،500ރ. ގެ އަގުހުރި "އޮމެގާ" ބްރޭންޑުގެ ގަޑިއެއް ވަގަށް ނެގި ކަމުގެ ތުހުމުތުގަ އެވެ.
ފުލުހުން ބުނީ ސިފަ ނޭނގޭ ގޮތަށް މޫނު ބުރުގާ އަޅައިގެން ފިހާރަތެރެއަށް ވަދެ އޭނާ ގަޑި ވަގަށް ނަގާ މަންޒަރު ފިހާރައިގެ ސީސީޓީވީ ފުޓޭޖަށް އަރާފައިވާކަމަށެވެ. ފުލުހުން ބުނި ގޮތުގައި ގަޑި ވަގަށް ނަގާފައިވަނީ ތިން މީހަކު ގުޅިގެންނެވެ.
އެހެންނަމަވެސް، ވަގަށް ނެގި ގަޑި އަދި ހޯދިފައި ނުވާއިރު، ފުލުހުން ބުނިގޮތުގައި ބެލެވެނީ ގަޑި ވަނީ އެހެން މީހަކަށް ވިއްކާލާފައިވާ ކަމަށެވެ.
މީނާ އަކީ މަސްތުވާތަކެތި ވިއްކުމާއި ގަތުން އަދި ބޭނުން ކުރުމާއި ކައުންޓަފީޓް ފައިސާ ގެންގުޅުމާއި ސައިކަލް ވަގަށް ނެގުމާއި ހަތިޔާރު ބޭނުންކޮށްގެން ފޭރުމާއި ފިހާރަތަކުން ވައްކަން ކުރުން ހިމެނޭހެން ގިނަ މައްސަލަތަކެއްގެ ކުށުގެ ރެކޯޑް އޮތް މީހެކެވެ.