މާލެ ސަރަހައްދުގައި ދިރިއުޅޭ 18 އަހަރުން މަތީގެ އެންމެންނަށް މިއަހަރު ތެރޭގައި ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ ޕަބްލިކް ސާވިސް މީޑިއާއަށް ދެއްވި އިންޓަވިއުއެއްގަ އެވެ. މި އިންޓަވިއުގައި ރައީސް ވިދާޅުވީ މާލެ ސަރަހައްދުގައި ދިރިއުޅޭ 18 އަހަރުން މަތީގެ އެއްވެސް މީހަކު ބޯހިޔާވިޔާވަހިކަމެއް ނެތި ނުހުންނާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ މިކަމަށް އެދި ހުޅުވާލުމުން ކުރިމަތިލާ ފަރާތްތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭ ލިޔުން މި އަހަރު ނިމުމުގެ ކުރިން ދޫކުރާނެ ކަމަށެވެ. މިއީ ސަރުކާރުގެ އަމާޒު ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، ރާއްޖޭގެ 57 ރަށެއްގައި ހައުސިން މަޝްރޫއުތަކެއް ހިންގުމަށް އިއުލާނުކޮށްފައިވާ ކަމަށާއި، މި މަޝްރޫއުތަކުގެ ބިޑުތައް އީދު ބަންދަށްފަހު ބަލައިގަންނަން ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ތީ މުއިއްޒު ހަދާ ރޯބުހުތާނު ދޮގޭ މިހާރު ވެގެން އުޅޭ ގޮތަކީ އެމެން ކުރީ ސަރުކާރުން ފްލެޓްްސް ތައް ދީފައިވާ މީހުން އަތުން ފްލެޓްސް ތައް މުއިއްޒު ފޭރިގެންފައި އޭނާ އެމެން އަތުން ފްލެޓްސް ނުފޭރޭނަމޭ ކިޔާވީ ވައުދު އޮޅާލާ ބެކަށް ޖަހާލާ އޭނާގެ ޕާރޓީގެ ބޮޑެތި ވަގުންނަށް ކުރީ ސަރުކާރުން ދީފައިވާ ފްލެޓްސް ތައް ދޭތީވެ އެކަމާއި ރައްޔިތުން ގަނޑު ފެލޭތީވެ އެކަން އޮޅުވާލާ މަކަރާއި ހީލަތުގެ ދަށުން އޭނާ ކުރާ ކަމެކޭ މުއިއްޒު ފްލެޓް ކިއެއްކުރަން އެކައްޗެއް ވެސް ނުދޭނެއޭ އޭނާ އަކީ މަކަރާއި ހީލަތުން އުޅޭ ވަގެކޭ
ރިޕްލައި