ރާއްޖޭގައި ވައްކަމުގެ މައްސަލަތައް އިތުރުވަމުންދާކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މިގޮތުން މިދިޔަ މަހު އެކަނިވެސް ވައްކަމާއި ފޭރުމުގެ 357 މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިއަހަރުގެ ފުރަތަމަ ފަސްމަހުގެ ތެރޭގައި ވައްކަމުގެ 1،267 މައްސަލައެއް އެ އިދާރާއަށް ހުށަހެޅިފައިވެ އެވެ. މިއީ ފާއިތުވި އަހަރުގެ މިހާތަނަށް ބަލާއިރު ގިނަ އަދަދަކަށްވާއިރު، ނިމިދިޔަ އަހަރުގެ މިހާތަނަށް ވައްކަމުގެ 1،557 މައްސަލައެއް ފުލުހަށް ހުށަހެޅިފައިވެ އެވެ.
ފާއިތުވި އަހަރުތަކަށް ބަލާއިރު، ޖުމްލަކޮށް މިދިޔަ އަހަރު ހުށަހެޅިފައިވަނީ ވައްކަމުގެ 3،762 މައްސަލައެކެވެ. 2023 ގައި 3،817 ވައްކަމުގެ މައްސަލައެއް ހުށަހެޅިފައިވާއިރު،. 2022 ގައި 3،978 ވައްކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.
ވައްކަމުގެ މައްސަލަތަކާއެކު، ޓްރެފިކް އެކްސިޑެންޓްތަކާއި މަސްތުވާތަކެތީގެ މައްސަލަތައްވެސް ގިނަވަމުންދާކަން ފާހަގަކުރެވެ އެވެ. މިކަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަން ފާހަގަކުރެވެ އެވެ.