ކަޝްމީރުގެ އެކި ސަރަހައްދުތަކުގައި ހިނގާ ބަޑީގެ ހަމަލާތައް ކަވަރުކުރުމުގައި ފުލުހުން ކަނޑައަޅާފައިވާ އުސޫލުތަކާއި ގަވާއިދުތަކަށް އިހުތިރާމްކުރުމަށް އެ ސަރަހައްދުގެ ފުލުހުން މީޑިއާތަކަށް އިލްތިމާސް ކޮށްފި އެވެ.
ފުލުހުން ވަނީ އެފަދަ ހަމަލާ ބަދަލުކުރުންތައް ލައިވް ނުކުރުމަށާއި ހަމަލާ ބަދަލު ކުރެވޭ ސަރަހައްދުތަކުގައި ނުތިބުމަށް މީޑިއާތަކަށް އަންގާފަ އެވެ. އެކަންކަމަކީ ފުލުހުންނާއި ސިފައިންގެ ގާނޫނީ މަސްއޫލިއްޔަތަށް ހުރަސްއެޅޭ ކަންކަން ކަރުގައި ފުލުހުން އިތުރަށް ބުނެފައިވެ އެވެ.
ޗީފް އޮފް ކަޝްމީރު ޕޮލިސް ވިޖޭ ކުމާރު ވިދާޅުވީ ގައުމީ ރޫހާ ޚިލާފުވާ އަދި ގައުމުގެ އަމަންއަމާންކަމާއި ސިޔާދަތަށް ބުރޫ އަރާފަދަ އެއްވެސް ޚަބަރެއް އާއްމު ނުކުރުމަށާއި އެގޮތަށް އަމަލު ކުރާ މީޑިއާތަކާ މެދު ފިޔަވަޅު އެޅޭނެ ކަމަށެވެ.
ކަޝްމީރުގެ ޚަބަރުތައް ކަވަރު ކުރުމުގެ އާ ގަވާއިދާއެކު ގިނަ ނޫސްވެރިން ދަނީ އެއީ ޚަބަރު ފެތުރުމުގެ މިނިވަންކަމަށް ހުރަސް އަޅާ ގަވާއިދެއް ކަމަށާއި އެ ގަވާއިދަށް އަމަލު ކުރަން ފެށުމުން ސާފު ތެދު ޚަބަރު އާއްމުންނާ ހިސާބަށް ގެނެސްދޭން ދަތިވާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މުސްލިމުންގެ މެޖޯރިޓީ އޮންނަ ކަޝްމީރުގައި އަވަށްޓެރި އިންޑިއާ އާއި ޕާކިސްތާން އާ ދެމެދު މިހާތަނަށް ދެ ހަނގުރާމައެއް ކޮށްފައިވެ އެވެ.