ކަޅު ބާޒާރުގައި ޑޮލަރުގެ ަގު 20 ރުފިޔާއަށް އުފުލިފައިވާކަމަށާއި، ރައްޔިތުން ގަރުދިޔަ ކައިގެން އާދައިގެ ދިރިއުޅުމަށް ތިރިވާންވީތޯ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީއެންއެފުން ރޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20 ރުފިޔާއަށް ހުރިއިރު، މި އަގު އަދިވެސް އުފުލެމުންދާކަމަށެވެ.
ކޮންސިއުމާ މާކެޓް ފުނޑުފުނޑުވަމުންދާކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވަނީ ގަރުދިޔަ ޒަމާން އަނެއްކާ ވެސް އައީތޯ ސުވާލު ކުރައްވާފަ އެވެ.
"ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 20 ރުފިޔާގައި ގައި. އަދިވެސް ދަނީ މައްޗަށް. ކޮންސިއުމާ މާކެޓް އެދަނީ ފުނޑުފުނޑުވަމުން. ގަރުދިޔަ ޒަމާން އަނެއްކާ ވެސް އައީތޯ އަލީ އާރިފް؟," ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީށް ޔާމީން މިފަދައިން ވިދާޅުވެފައިމިވަނީ ޖުލައި 15 ގައި ވެރިކަން ކުރާ ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފު ގަރުދިޔަ އާއި ބަތާ ކައިގެން އާދައިގެން ދިރިއުޅުމަށް ތިރިވެލަންޖެހޭ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.
"މި ދުވަސްކޮޅު މި ޖެހެނީ އެއްކަލަ އަޅުގަނޑުމެން އަބަދު ޓޭކްއަވޭ ހަދައިގެން ކޭކެއުން ހުއްޓާލާފައި، ކޮންމެވެސް ވަރަށް ގޭތެރޭގައި އަމިއްލަ އަށް ގަރުދިޔަ އާއި ބަތާ ކައްކައިގެން ކާލައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަށް ތިރިވެލުން،" އެދުވަހު އާރިފް ވިދާޅުވި އެވެ.
ޑޮލަރު ލިބޭ މިންވަރު މަދުވުމުންނާއި ޑޮލަރު މާރުކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ޑޮލަރު ލިބުން ވަރަށް ވަނީ ބޮޑަށް ދަތިވެފައިވާއިރު، މިއީ ކޮވިޑު ބަލިމަޑުކަމުގެ ދުވަސްވަރަށް ފަހު ޑޮލަރެެއްގެ އަގު މިހާ މަތިވީ ފުރަތަމަ ފަހަރެވެ.