ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި 40 އަހަރުގެ ފިރިހެން މީހާއަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
ބޮޑުތަކުރުފާނު މަގު މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި މި އެކްސިޑެންޓުގައި މަގު ހުރަސްކުރަން އުޅެނިކޮށް އަނިޔާވީ ބ. ތުޅާދޫއަށް ނިސްބަތްވާ އިބްރާހިމް ސިރާޖް، 40، އަށެވެ.
ދުވަން ނުކުމެ އުޅެނިކޮށް ދިމާވި މި ހާދިސާގެ ސަބަބުން ސިރާޖުގެ ބޯ ފެޅުމުގެ އިތުރުން މޫނުގެ ބައެއް ކަށިތަކާއި ބައެއް މޭކަށިތައް ބިނދި، އޭނާގެ ހާލު ސީރިއަސް އެވެ.
އޭނާގެ އިތުރުން ސިރާޖުގެ ގައިގައި ޖެހުނު ސައިކަލު ދުއްވަން އިން ޔޫސުފް އަލްސަން މުހައްމަދު، 17 ރޭގައި ނިޔާވެފައިވާއިރު، ސައިކަލުގެ ފަހަތުގައި އިން އުމުރުން 16 އަހަރުގެ ކުއްޖާއަށް ފަރުވާ ދެނީ އައިޖީއެމްއެޗުގެ ވޯޑުގަ އެވެ.
ސައިކަލު ފަހަތުގައި އިން ކުއްޖާއަށް ލިބުނު ގެއްލުމެ ތަފުސީލެއް ލިބިފައެއް ނުވެ އެވެ.
މި އެކްސިޑެންޓުގައި ނިޔާވި އަލްސަން އަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ތޭރަވާ އާއި އަޝްފާގެ ހުރި ހަމައެކަނި ދަރިފުޅެވެ. އަލްސަންގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ އަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ.
ކެއުމުން ފަލަވަނީ، ނުކައި ހުރުމުން ވަރުބަލިވަނީ، ހައްލަކީ ކޮބާ؟
ކަނޑުއޮޅި ހުޅުވާލުމުގެ އެއްބަސްވުމަކާ ގާތަށް އާދެވިއްޖެ: އެމެރިކާ
މަރުވެފައިވާ މީހުންގެ އެކައުންޓުތަކަށް 10 މިލިއަން ރުފިޔާ ޖަމާވި