މީހުން ބާލަން ނިންމައި ސަރުކާރުން އިއުލާންކޮށްފައިވާ ހދ. ހިރިމަރަދޫގައިވެސް ބޮޑު ޕްރޮޖެކްޓެއް ހިންގުމަށް ސަރުކާރުން އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްފި އެވެ.
ހިރިމަރަދޫ ރައްޔިތުން ހދ. ހަނިމާދުއަށް ބަދަލުކުރަން ނިންމައި ސަރުކާރުން މި އަހަރުގެ ފެބްރުއަރީ މަހު އިއުލާން ކުރި ނަމަވެސް އިއްޔެ ހަވާލުކުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި 4 މިލިއަން ރުފިޔާއަށް ހިރިމަރަދޫގައި ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރެއް އެޅުމަށް ވަނީ ކުންފުޏަކާ ހަވާލުކޮށްފަ އެވެ. މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ ބިލްޑްޓެކް ކިޔާ ކުންފުންޏަކާ އެވެ.
އުމްރާނީ ތަރައްގީއާ ގުޅުންހުރި ނުވަ ދާއިރާއަކުން މަޝްރޫއުތައް ހިންގުމަށް 206 އެއްބަސްވުމެއްގައި އަމިއްލަ ކުންފުނިތަކާ އެކު ސަރުކާރުން އިއްޔެ ވަނީ ސޮއިކޮށްފަ އެވެ.
ސަރުކާރުގެ ބައެއް މަޝްރޫއުތައް ބިޑަށް ހުޅުވާނުލައި ޕްރޮޕޯސަލް ހުށަހެޅޭ ގޮތަށް މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުންވަނީ މާލިއްޔަތު ގަވައިދު އިސްލާހުކޮށްފަ އެވެ. އެ އިސްލާހުގެ ދަށުން އިއްޔެ އަމިއްލަ ކުންފުނިތަކަކަށް ޕްރޮޖެކްޓްތައް ބިޑަކާ ނުލައި ހަވާލުކުރުމުން ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
ބިޑަކާ ނުލައި 2.7 ބިލިއަން ރުފިޔާ ޕްރޮޖެކްޓު ހިންގުމަށް ސަރުކާރުން އިއްޔެ ވަނީ އެކި ކުންފުނިތަކާއި ހަވާލުކޮށްފަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ގިނަ ޕްރޮޖެކްޓުތައް ހަވާލުކުރީ ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ މަސްލަހަތު އޮންނަ ކުންފުނި ތަކަށެވެ. އެގޮތުން ލ.ފޮނަދޫގައި ހައުސިން ޔުނިޓްތަކެއް އަޅަން ހަވާލުކުރީ މަޖިލިސް ރައީސްގެ އަނބިކަނބަލުންގެ މަސްލަހަތު އޮންނަ ކުންފުންޏަކަށެވެ. މީގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ދެ ކުންފުންޏަކަށް ވެސް 228 މިލިއަން ރުފިޔާގެ މަޝްރޫއު ދީފައިވެއެވެ.
އޮށާޅަ ބިހި ނަގާނަމަ ސަމާލުވާންވީ ދެތިން ކަމެއް!
ބީއެމްއެލްގެ އެހީތެރިކަމާ އެކު ވަރަ އެކްސްޕޯ ފަށައިފި
އަންހެންކަނބަލުންނަށް މަގުމަތީގައި އެއްވެސް އަމާންކަމެއް ނެތް