ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތައް ކުރިއަށް ދާ ކަމަށާއި ސަރުކާރުގެ ސިޔާސަތު ގަބޫލު ނުކުރާ މީހުން ކައުންސިލަރުންނަށް ހޮވައިފިނަމަ މަޝްރޫއުތައް ހުއްޓިދާނެ ކަމުގެ އިންޒާރު ރައީސް މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ބޮޑެތި ހަރަދުތަކެއް ކޮށްގެން ރަށްރަށުން މީހުން ގެނެސްގެން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ މުޅި ރާއްޖޭގައި 1،800އަށް ވުރެ ގިނަ މަޝްރޫއު ހިނގަމުންދާ ކަމަށާއި ސަރުކާރުން ކޮށްދޭ މި ކަންކަމަށް ހުރަސްއެޅޭ ގޮތަށް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ރައްޔިތުން ވޯޓު ނުދިނުން އެދިވަޑައިގަންނަވާ ކަމަށެވެ.
އަންނަ އަހަރުގެ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިހާބާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ، މި ހުރިހާ މުހިންމު މަސައްކަތްތަކަށް އެޅިގެންދާ ހުރަހަކަށްވުމުގެ ފުރުސަތު އެއްވެސް ރައްޔިތަކު ނުދެއްވުމަށެވެ.
ރައީސް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ހަމަހަމަ ސިޔާސަތުގެ ދަށުން ހަމައެކަނި މާލެ ސަރަހައްދުގައި މަޝްރޫއުތައް ނުހިންގައި ރާއްޖޭގެ އެކި ރަށްތަކުގައި މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށެވެ.
13،000 މީހުން ބައިވެރިވިކަން ރައީސް އިއުލާން ކުރެއްވި ރޭގެ ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުން ސިޔާސީ އެހެން ފިކުރުތަކަށް ޖާގަ ނުދެއްވާނެފަދަ މޭރުމަކުން ވާހަކަދެއްކެވިކަން ފާހަގަވި އެވެ.
މަލްޓި ޕާޓީ ޑިމޮކްރަސީގައި އެކި ފިކުރުތަކަށް ޖާގަދީ ހިޔާލާއި މަޝްވަރާ ހޯދައިގެން ތަރައްގީ ހާސިލުކުރަން ބާރު އެޅި ނަމަވެސް ރާއްޖޭގައި ޒަމާނުންސުރެ ފެންނަނީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ ވިސްނުމާއި ދެކޮޅު ވިސްނުމެއްނަމަ ބާކީ ކުރާ އުސޫލުކަން ފާހަގަކުރެވެއެވެ.
ކަނޑުމަގުން ޑްރަގް އެތެރެކުރަން އުޅުނު 16 މީހަކު ހައްޔަރަށް
ކުށްވެރިއަކުން އިއްޒަތްތެރިއަކަށް!
މާޒީ ދޫކޮށްލައި ކުރިއަށް ވިސްނާ!
ރޯދަމަހު ކަރަންޓް ބިލް ކުޑަކޮށް ދީގެން ސްޓެލްކޯ އަށް ވާ ގެއްލުން އަނބުރާ ދޭން ޖެހޭނީ ހަމަ ސަރުކާރުންނޭ ސަރުކާރަކީ އެއީ ޓެކްސްޕޭޔަރ ސަރުކާރަށްދޭފައިސާއޭ މީ މުއިއްޒުގެ އަމިއްލަ ފައިސާ އެއް ނޫނޭ މިގޮތަށް ހެދުމަށް ވުރެން އިގްތިސާދީ ގޮތުން ގައުމަށް ފައިދާވާނެއޭ ތަކެތީގެ އަގު ތިރިކުރުމަށްޓަކައި ކޮތަޅު ޓެކްސް އުވާލާ ޕްލާސްޓިކް ޓެކްސް ވެސް އުވާލާ މިފަދަ ތާކުން ތާކު ނުޖެހޭ ރައްޔިތުން ފޭރޭ ގާނޫނު ތައް އުވާލާ ބާޒާރަށް ލުއިލިބޭނެ ގޮތް ހޯދުން އެއީ އިކޮނޮމިކް
ރިޕްލައި